ވެލިދޫގައި މަގުހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި
ރިޟްވާން މޫސާ
23 މޭ 2022 - 13:00:02
ނ. ވެލިދޫގައި މަގުހެދުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ފަށައިފި އެވެ.
"ސީއެންއެމް" މިއަދު ދެއްވި އިންޓަވިއު އެއްގައި ވެލިދޫގެ މަގުހެދުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓާ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވީ ވެލިދޫގެ މަގުހެދުމުގެ އަމަލީ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދަނީ ކަމަށެވެ.
"މިހާރުން މަސައްކަތް ފަށައިގެން މިދަނީ ކުރިއަށް. އާރުޑީސީ އާ ހަވާލުކުރުމުން ދެން ލަހެއް ނުވާނެ މި ޕްރޮޖެކްޓުތަކެއް. މުއްދަތައް ނިންމާލެވޭނެ ހަމަޖެހިލައިގެން." މޫކޭ ވިދާޅުވި އެވެ.
މަގުހެދުމުގެ މަޝްރޫގެ ތެރެއިން ވެލިދޫގައި 5.2 ކިލޯ މީޓަރު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރު އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މަސައްކަތައް ގާތްގަނޑަކަށް ސަރުކާރުން 88 މިލިއަން ރުފިޔާ ޙަރަދު ކުރެ އެވެ.
ވެލިދޫގައި 5.2 ކިލޯ މީޓަރުގެ މަގު ހެދުމުގެ މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 450 ދުވަހުންނެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަ މިއަދު ވަނީ ވެލިދޫޣައި މަސައްކަތްކުރާ އެ ކޯޕަރޭޝަންގެ މުއައްޒަފުންނާއި އެރަށަށް ގޮސް ބައްދަލު ކުރައްވާފަ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް