ޑައިވިނަށް ގޮސް އުޅެނިކޮށް އަނިޔާވެފައިވަނީ 29 އަހަރުގެ މީހަކަށެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.
އެމްއެންޑީއެފް އިން ބުނީ 29 އަހަރުގެ ފަޅުވެރިއަކު ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި އަނިޔާވެ، ޞިއްޙީ ފަރުވާ ދިނުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ތ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
އެންހިފަން ގޮސް އުޅުނު މި ދޯންޏަކީ މަލާފަތް 4 ނަމަކަށް ކިޔާ ދޯންޏެކެވެ.
ދާދި ފަހުން ވަނީ ފުވަށްމުލަކު ބޭރަށް ޑައިވިނަށްދިޔަ ދެމީހެއްގެ ތެރެއިން އެކަކު މަރުވެފަ އެވެ. މިހާދިސާގައި ދެވަނަ މީހާ އަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ އިންޑިޔާ އަށް ފޮނުވާފަ އެވެ.