ads
ހުޅުމާލެ ޖަލު
ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ އެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސް ސާވިސް އިން ބުނީ، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ އުމުރުން 58 އަހަރުގެ އއ. ހިމަންދޫއަށް އުފަން އަލީ މުހައްމަދު މިއަދު މަރުވެފައި ވާކަމަށެވެ. 

އޭނާ މަރުވީ، ޖަލުގެ ޔުނިޓު ތެރޭ ހުއްޓާ ނޭވާލުމަށް އުނދަގޫވުމުން ޖަލުގެ އޮފިސަރުން އޭނާ އަށް ފަރުވާ ދިނުމަށްފަހު، އޭނާގެ ހާލަތު ގޯސް ވާތީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް މިއަދު 15:20 ހާއިރު ކަމަށް ކަރެކްޝަނުން ބުންޏެވެ. 

މީގެ އިތުރުން ކަރެކްޝަނުން ބުނީ، އަލީ މުހައްމަދު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސަވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާނެ ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ މުހައްމަދަކީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް