ads
އެމްއެންޕީ އުފެއްދުމުގެ ޖަލްސާގައި ރިޔާޒް ވާހަކަފުޅު ދައްކަވަނީ، ފޮޓޯ؛ ވަގުތު އިމޭޖަސް
ދައުލަތުން ޕާޓީތަކަށް ފައިސާ ދިނުން ހުއްޓަން ޖެހޭ: ރިޔާޒް
ސަރުކާރުން ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ދެމުން އަންނަ ފައިސާ ދިނުން ހުއްޓާލަން ޖެހޭ ކަމަށާއި، އެކަން ނިމުމަކަށް ގެނައުމަށް ވަރަށް އަވަހަށް މަޖިލީހަށް ބިލެއް ހުށަހަޅާނެ ކަމަށް، އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
Advertisement

ރިޔާޒް މިފަދައިން ވިދާޅުވެފައި މިވަނީ، ސިޔާސީ ޕާޓީތަކަށް އޮޅުވައިލައިގެން މީހުން ވައްދާ މައްސަލަ އާއި ގުޅިގެން މަޖިލީހުގެ ތަޅުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމުން، ކުރެއްވި ޓުވީޓެއްގަ އެވެ. 

ރިޔާޒްގެ ޓުވީޓްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުން އީސީ އަށް ވަގު ފޯމު ހުށަހަޅަނީ، ދައުލަތުން ކޮންމެ އަހަރަކު ސިޔާސީ ޕާޓީތަކަށް ފައިސާ ދެމުން އައުމުން ކަމަށާއި، އެހެން ކަމުން އެކަން ނިމުމަކަށް ގެންނަ ޖެހޭނެ ކަމަށެވެ.

"ޕާޓީތަކުގެ ދަފުތަރު ބަލައިގެން އިލެކްޝަންސް ކޮމިޝަނުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާ ދޭހާ ދުވަހަކު މިކަން މިގޮތަށް ހިނގާނެ. ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނޫ އިސްލާހުކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީން ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން." ރިޔާޒް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވާގޮތުގައި، ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 0.1 އިންސައްތަ ދޭން ޖެހޭ ކަމަށެވެ. 

އަދި މިފައިސާ ލިބޭނީ މަދުވެގެން 10،000 މެމްބަރުން ތިބޭ ޕާޓީތަކަށް ކަމަށް އެގާނޫނުގައި ވަނީ ބުނެފަ އެވެ. 

ދައުލަތުގެ ބަޖެޓުން މި އަހަރު އެކަނި ވެސް 30.2 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ވަނީ ދޫކޮށްފަ އެވެ. އެގޮތުން އެމްޑީޕީ އަށް 15.02 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، ޕީޕީއެމް އަށް 9.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. 

ޖޭޕީއަށް 5.53 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، އަދާލަތު ޕާޓީއަށް މި އަހަރުގެ ބަޖެޓުން 2.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދޫކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް