ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި މިއަދު އޮތީ އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުންތަކާއިބެހޭ ގޮތުން އެ މުވައްޒަފުންގެ ޝަކުވާތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރުމެވެ.
އެމްއޭސީއެލްގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ފަރާތުން މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހެޅި އެ މައްސަލަ ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެން ނެވެ.
މެންބަރުން ވަނީ މި މައްސަލައަކީ އެމްއޭސީއެލްގައި މަސައްކަތްކުރާ މުއައްޒަފުންގެ ފަރާތުން ޖުމްލަ ގޮތެއްގައި އެކުންފުނީގެ ވެރިންގެ ފަރާތުން ދިމާވާ ކަންބޮޑުވުންތަކެއް ހިއްސާކުރުން ކަމުގައިވާތީވެ އެންމެ ރަގަޅު ގޮތަކީ ކޮމެޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިއުން ކަމަށް ނިންމަވާފަ އެވެ.
ޕެޓިޝަން ކޮމެޓީގެ ފަރާތުން މި މައްސަލަ ހުށަހެޅުމުން ކޮމެޓީގެ މުގައްރިރު ވަނީ މި ކޮމެޓީ ކުރިއަށް ގެންދަންވީ ގޮތާޢިބެހޭގޮތުން މެންބަރުންނާއި ވާހަކަ ދައްކަވާފަ އެވެ.
ކޮމެޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްވެފައިވަނީ މި މައްސަލަ ސިއްރު ބައްދަލުވުމަކުން ކުރިއަށް ގެންދިއުމަށެވެ.
އެމްއޭސީއެލްގެ މުއައްޒަފުންގެ ކަންބޮޑުވުމުގެ މައްސަލައިގެ ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅާފައިވާއިރު މީގެ ކުރިންވެސް އެމްއޭސީއެލްގެ މުއައްޒަފުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލާފައިވެ އެވެ.