ads
ރަސްމީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން
އިސްލާމިކް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރައިވަޑައިގެންފި
އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒާހިރު އަލީ ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރައިވަޑައިގެންފި އެވެ.

މޭމަހުގެ 23 އިން 30 އަށް ތުރުކީއަށް ކުރައްވާ ރަސްމީ މި ދަތުރު ފުޅުގައި، ތުރުކީގެ ޕްރެޒިޑެންޓް އޮފް ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަ ޑރ. އަލީ އަރްބާސް އާއި ބައްދަލު ކުރައްވާނެއެވެ.

އެ ބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި، ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމާއި، ތުރުކީގެ ހަލާލު ސެޓިފިކެޓް ކަންކަން ބަލަހައްޓާ ވުޒާރާއަށް ޒިޔާރަތްކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރު ޒާހިރުގެ މިދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޝާފިއު އަލީ އާއި، އިސްލާމީ މަރުކަޒުގެ އިމާމު ޝައިހް ނަސްރުﷲ ައލީއާއި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުލް އަޒީޒް އިސްމާއީލް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް