ads
72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާ އުފުލި މީހުން: ދެ މީހަކަށް ކުރާ ދައުވާތަކެއް ވަނީ ބޭރުކޮށްލާފަ
72 ކިލޯގެ ޑުރަގު މައްސަލަ: ދެ މީހެއްގެ މައްސަލަ ނުބަލަން ކޯޓުން ނިންމައިފި
ކަނޑުމަގުން ރާއްޖެ އެތެރެ ކުރި 72 ކިލޯގެ މައްސަލާގައި ދައުލަތުން ދައުވާ ކުރަން ހުށަހެޅި ހަތް މިހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.
Advertisement

ކްރިމިނަލް ކޯޓުން މި ދެ މީހުންގެ މައްސަލަ ބޭރުކޮށްލާފައިވަނީ ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބަޔާންކޮޮށްފައިވާ މުއްދަތަށްވުރެ ލަހުން ދައުވާ ކުރުމަށް ހުށަހެޅުމުންނެވެ. 

ފުލުުހުންގެ އިންޓެލިޖެންސް އިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 72 ކިޯގެ މަސްތުވާތަކެތި އަތުލައިގެންފައިވަނީ މިތަކެތި ކަންޑުމަގުން ރާއްޖެ އެތެރެކޮށް މާލެއަށް ގެނެސް ކާރެއްގައި ގެންދަނިކޮށް ފަރީދީ މަގުންނެވެ. 

މި މައްސަލައިގައި ދައުލަތުން ދައުވާކުރަން ހުށަހެޅި ހަތް މީހުންނަކީ 

  • ދ. މާއެނބޫދޫ، އަނބުގަސްދޮށުގެ، އުމުރުން 38 އަހަރުގެ އަހުމަދު ނަސީރު
  • ކ. މާލެ، މއ. ކަނޑޫގެ، އުމުރުން 37 އަހަރުގެ އަލީ އަހުމަދު އަހުމަދު، 
  • ކ. މާލެ، ހ. ގާޑަންބިޔުޓީ، އުމުރުން 27 އަހަރު މުހައްމަދު އަކްރަމް،
  • ރ. އިނގުރައިދޫ، އެލެސްކާ، އުމުރުން 26 އަހަރު އަބްދުﷲ ވިޝާމް، 
  • ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، އުމުރުން 34 އަހަރު މުހައްމަދު ޗަރީފް، 
  • ތ. ތިމަރަފުށީ، ތަޑިރަތްމާގެ، އުމުރުން 35 އަހަރު މުހައްމަދު ވަޖީހު،
  • ރ. ރަސްގެތީމް، ފީރޯޒްގެ، އުމުރުން 30 އަހަރު އަހުމަދު ޝިނާން، 

 ކްރިމިނަލް ކޯޓުގެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އެއިން ދެ މީހެއްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއެއް އެއީ މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ދައުވާތަކެއް ކަމަށް ކަނޑައަޅައިފަ އެވެ. 

ދައުވާ ނުކުރަން ނިންމި ދެމީހުންނަކީ ހ. ގާޑަންބިޔުޓީ، އުމުރުން 27 އަހަރު މުހައްމަދު އަކްރަމް، އާއި ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، އުމުރުން 34 އަހަރު މުހައްމަދު ޝަރީފް،ގެ މައްޗަށެވެ. 

މަސްތުވާތަކެތީގެ މައްސަލަތައް ގިނަވަމުންދާއިރު މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައެއް ފުލުހުން ބަލަންފަށާފަ އެވެ. މީގެ އިތުރުން ރާއްޖެއަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނުނ އެމެރިކާ މީހަކުވެސް މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;