ads
ޖަމާލުއްދީން ސުކޫލް
ޖަމާލުއްދީން ސުކޫލްތެރެއަށް ވަދެ ޕްރިންސިޕަލަށް ހަމަލާދޭން އުޅެފި
ޖަމާލުއްދީން ސުކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދަށް ހަމަލާދޭން މަސައްކަތް ކޮށްފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ހެނދުނު އެ ސުކޫލްގެ ހެނދުނުގެ ދަންފަޅި ފެށުނު ވަގުތު މީހަކު ވަނީ ސުކޫލްތެރެއަށް ވަދެ ޕްރިންސިޕަލަށް ހަމަލާދޭން މަސައްކަތް ކޮށްފަ އެވެ. 

އޭނާ ސުކޫލް ތެރެއަށް ވަނީ "ﷲ އަކްބަރު" ގޮވަމުން ކަމަށާއި، އޭނާ ސުކޫލް ތެރެއަށް ވަނުމުގެ ސަބަބުން ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ކުލާސް ރޫމްތައް ތަޅުލާން ޖެހުނު ކަމަށް އެ ސުކޫލްގެ މުވައްޒަފަކު ވަނީ ބުނެފަ އެވެ. 

އޭނާ ޕްރިންސިޕަލަށް ހަމަލާދޭން އުޅުނީ، އެ ސުކޫލްގެ ދަރިވަރުންނަށް ދީނާއި ހިލާފު ފިލާވަޅުތައް ނަގާދެމުން އަންނާތީ ކަމަށާއި، އެކަން ވަގުތުން ހުއްޓާލަން އޭނާ ގޮވަމުން ދިޔަ ކަމަށް މުވައްޒަފު ވަނީ ބުނެފަ އެވެ. 

މި މައްސަލައާއި ގުޅިގެން އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް އެވަގުތު ގެންދިޔަ ކަމަށާއި، އެ މައްސަލަ ސުކޫލްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއާއި ވެސް ހިއްސާ ކޮށްފައި ވާނެ ކަމަށް އެ މުވައްޒަފު ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ޖަމާލުއްދީނ ސުކޫލް އަށް މީހަކު ވަދެ މާރާމާރީ ހިންގަން އުޅުނު މައްސަލައެއް މިއަދު ހެނދުނު 08:49 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވާކަމަށާއި، އެކަމާއި ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައި ވާކަމަށެވެ. 

އަދި މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

9%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް