ads
މާޒިޔާ- މޯހަން ބަގާން މެޗުގެ ތެރެއިން
އޭއެފްސީ ކަޕް: މާޒިޔާ ބަލިކޮށް އެއްވަނަ މޯހަން ބަގާންއަށް
އޭއެފްސީ ކަޕުގައި އަމިއްލަ ދަނޑުގައި މާޒިޔާ ބަލިކޮށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އިންޑިޔާގެ އޭޓީކޭ މޯހަން ބަގާން، އިންޓަރޒޯން ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން މާޒިޔާ އަތުން މޯހަން ބަގާން މޮޅުވީ ފަސް ލަނޑު ދެ ލަނޑުންނެވެ. މި މެޗުގައި މާޒިޔާއިން ޖެހި ދެ ލަނޑުވެސް ޖެހީ ބިދޭސީ ކުޅުންތެރިޔާ ޓާނާއެވެ. މި ނަތީޖާއާ އެކު މާޒިޔާ މި އަހަރުގެ އޭއެފްސީ ކަޕު ނިންމާލަން ޖެހުނީ ތިން ޕޮއިންޓާ އެކުއެވެ. މާޒިޔާއަށް ލިބުނު ތިން ޕޮއިންޓަކީ ދެވަނަ މެޗުގައި ގޯކުލާމް ކެރެލާ އަތުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓްއެވެ. މާޒިޔާވަނީ ފުރަތަމަ މެޗުގައި ބަޝަންދުރާ ކިންގްސް އަތުން ބަލިވެފައެވެ.

މި އަހަރުގެ އޭއެފްސީ ކަޕުންވެސް އެއްވެސް ކާމިޔާބެއް ނުލިބި މާޒިޔާ ކަޓާފައިވާއިރު، މި އަހަރަކީ މާޒިޔާ އޭއެފްސީ ކަޕުގައި ވާދަކުރި އަށް ވަނަ އަހަރެވެ. އަށް އަހަރު ވާދަކުރިއިރުވެސް މާޒިޔާއަށް އެންމެ ފަހަރަކުވެސް ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ކުރިއަށް ދެވޭ ގޮތެއް ނުވެއެވެ.

ރާއްޖޭން މިހާތަނަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށްވުރެ ކުރިއަށް ދެވިފައިވަނީ ނިއުރޭޑިއަންޓަށް އެކަންޏެވެ. ނިއުއިންވަނީ ދެހާސް ފަސްވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލަށް، އަދި ދެހާސް ތޭރަވަނަ އަހަރު ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް