
ރޯސް ވޯޓާގައި ހަންގަނޑުގެ ކޮންމެ ބާވަތަކަށް ވެސް ފައިދާ ހުރި ގިނަ ޕްރޮޕަޓީތަކެއް ހުރެއެވެ. މިއީ ސްކިންކެއާ އަށް ވަރަށް ރަނގަޅު އެއްޗެކެވެ. ހަންގަނޑުގެ އެއްވެސް މައްސަލައަކަށް އަވަސް ފަރުވާއެއް ނެތް ނަމަވެސް ރޯސް ވޯޓާ އަކީ އަމިއްލަ ނަފްސަށް ހިތްހަމަ ޖެހުން ގެނުވަދީ، ހާއްސަކޮށް ހޫނު މޫސުމުގައި ހަންގަނޑު ގެ އަގު ވަޒަން ކުރުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. އެހެންކަމުން، ތިޔަބޭފުޅުންގެ ބިއުޓީ ރެޖީމްގައި ރޯސް ވޯޓާ ހިމަނަންޖެހޭ ބައެއް ސަބަބުތައް މި އާޓިކަލްގައި ބަޔާންކޮށްލާނަމެވެ.
ގުދުރަތީ ހައިޑްރޭޓާ އެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ.
ރޯސް ވޯޓާ އަކީ ގުދުރަތީ ހައިޑްރޭޓަރެކެވެ. މިއީ ޒުވާން، ރީތި ހަންގަނޑަށް ބޭނުންތެރި އެއްޗެކެވެ. އޭގެ ސަބަބުން ހަންގަނޑަށް އިންސްޓަންޓް ބޫސްޓެއް ލިބި، މޮއިސްޗާ ވެގެން ދިޔުމަށް މެދުވެރިވެއެވެ.
މޭކަޕް ރިފްރެޝާއެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ.
ރޯސްވޯޓާ އަކީ ހަންގަނޑުގެ ކުލައަށް އަންނަ ބަދަލުތަކުން ސަލާމަތްކޮށްދީ، ގުދުރަތީ ދިރުމެއް ހަންގަނޑެއް ގެނުވައިދޭ އެއްޗެކެވެ. މޭކަޕް ކުރުމުގެ ކުރިން ހަންގަނޑު ތައްޔާރު ކުރުމަށާއި މޭކަޕް ކުރުމަށް ފަހު ތާޒާކޮށް ބެހެއްޓުމަށް ވެސް ރޯސްވޯޓާ ބޭނުން ކޮށްލެވިދާނެއެވެ.
އެކްނޭ އިން ދުރުކޮށްދެއެވެ.
ރޯސް ވޯޓާ ޓޯނާ އެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ. އަދި މިއީ ތެޔޮ ހަންގަނޑު ހުންނަ މީހުންނާއި ތަފާތު ކޮސްމެޓިކް ބާވަތްތައް ބޭނުން ނުކުރެވޭ މީހުން ބޭނުން ކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. ރޯސް ވޯޓާ އަކީ ހުރިހާ ވައްތަރެއްގެ ހަންގަނޑަކަށް އެކަށީގެންވާ އެއްޗެކެވެ. މިއީ ހަމައެކަނި ހަންގަނޑު ތެޔޮ ވުމުން ދުރުކޮށްދޭ އެއްޗެއް ނޫނެވެ. މީގެ ސަބަބުން ބެކްޓީރިއާ ހެދިބޮޑުވުމަށް ވެސް ހުރަސް އަޅާދެއެވެ. އެހެންކަމުން މިއީ އެކްނޭ ކޮންޓްރޯލް ކުރުމަށް ވަރަށް މުހިންމު އެއްޗެކެވެ.
އުމުރުން ދުވަސްވުމާއި ދެކޮޅަށް ތަފާތު އެތަކެއް ފައިދާތަކެއް ލިއްބައިދެއެވެ.
ރޯސް ވޯޓާ އަކީ އެންޓި އޭޖިން ޕްރޮޕަޓީސް އަށް މަޝްހޫރު އެއްޗެކެވެ. އެއީ ވަގުތީ ގޮތުން ހަންގަނޑުގައި ހުންނަ ރޫފިލުވާލާ އެއްޗެކެވެ. އަދި ފަހުން ހަންގަނޑުގައި ރޫ ނެގުމުން ވެސް ދުރުކޮށްދޭ އެއްޗެއް ވެސް މެއެވެ.
ހުރިހާ ބާވަތެއްގެ ހަންގަނޑަކަށް ވެސް އެކަށީގެންވާ އެއްޗެކެވެ.
ރޯސް ވޯޓާ އަކީ ހުރިހާ ބާވަތެއްގެ ހަންގަނޑުތަކަށް ވެސް އެކަށީގެންވާ އެއްޗެކެވެ. އޭގެ ތެރޭގައި ހިކިފައި ހުންނަ ހަންގަނޑުތަކާއި، ތެޔޮ ހަންގަނޑު ތަކުގެ އިތުރުން ސެންސިޓިވް ހަންގަނޑުތަކާއި އުމުރުން ދުވަސްވެފައި ހުންނަ ހަންގަނޑުތަކަށް ވެސް ރޯސް ވޯޓާ އަކީ ބޭނުން ކޮށްލުން އެންމެ ރަނގަޅު އެކައްޗެވެ. އެހެންކަމުން ރޯސް ވޯޓާ އަކީ ސްކިން ކެއާ ޕްރޮޑަކްޓެއްގެ ގޮތުގައި ބޭނުން ކޮށްލުމަށް އެންމެ އެކަށީގެންވާ އެއްޗެވެ.