ads
އެންސްޕާގެ ސީއީއޯ އިސްމާޢީލް އައްޒާމް ވަޖީހު (ވ) މަޖިލީހުގެ ކޮމިޓީއެއްގައި މައުލޫމާތު ދެނީ
އެންސްޕާއިން ހަދަންޖެހޭ އުސޫލެއް ނަހަދާ ހަ އަހަރު
ނޭޝެނެލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ މައްޗަށް ލާޒިމް ކޮށްފައިވާ އުސޫލެއް އެތަނުން ނަހަދާ ހަ އަހަރު ވެފައި އޮތުމުގެ ސަބަބުން ބައެއް ފަރާތްތަކަށް ލިބެންޖެހޭ އެހީތައް ދިނުމުގައި ހުރަސްތަކާއި ކުރިމަތި ވެއްޖެ އެވެ.
Advertisement

ގާނޫނު ނަންބަރު 2014/2 (އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނު) ގެ ތިން ވަނަ މާއްދާގައި އިޖްތިމާއީ ރައްކާތެރިކަމުގެ ގޮތުން ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ އެހީގެ ބާވަތްތައް ވަނީ ލިސްޓުކޮށްފަ އެވެ. މި އެހީތައް ދިނުން މަތިކޮށްފައިވަނީ، އެންސްޕާ އަށެވެ. ދައުލަތުގެ ފަރާތުން ދޭ އެހީތައް ގާނޫނުގައި ލިސްޓުކޮށްފައި ވާއިރު، އޭގެ ތެރޭގައި "ދަރިވަރުންނަށް ދޭ އެހީ" ވަނީ ހިމަނާފަ އެވެ. 

އެހެން ނަމަވެސް ގާނޫނުން އެންސްޕާގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް އެންސްޕާގެ އިހުމާލުން ފުރިހަމަ ނުވާކަމަށް ބުނެ، އެތަނުން އަންނަނީ، "ދަރިވަރުންނަށް ދޭ އެހީ" ދިނުމަށް ދެކޮޅު ހަދަމުންނެވެ. 

އެގޮތުން އެންސްޕާއިން އާއްމު ރައްޔިތަކު އޭނާގެ ދަރިން ސުކޫލަށް ނުފޮނުވި ހުރުމުގެ ސަބަބުން އެންސްޕާގެ ދަށުން ދޭން ގާނޫނުން ލާޒިމް ކުރާ "ދަރިވަރުންނަށް ދޭ އެހީ" އަށް އެދުމުން އެންސްޕާއިން ވަނީ އެތަނުން އެ އެހީ ދެވެނޭގޮތެއް ނެތް ކަމަށް ބުނެފަ އެވެ. 

އެންސްޕާއިން އެ އެހީއަށް އެދުމުން ޖަވާބުގައި ބުނެފައިވަނީ، މިފަދަ އެހީތައް ދޭނޭ ޕްރޮގްރާމެއް އެންސްޕާއިން ރާވާފައިނުވާތީ މިއެހީ ދެވެން ނެތް ކަމަށެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އިން ތަކުރާރުކޮށް އެންސްޕާއަށް ގުޅުމުން ވެސް ވަނީ މައުލޫމާތު ލިބޭގޮތް ނުވެފަ އެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް