ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޔުއެއާ ކޮންފަރެންސް ލީގު ރޯމާއަށް ހޯދައިދިނުމާއެކު މޮރީނިއޯ ވެފައިވަނީ ޔޫރަޕުގެ ކްލަބުތަކުގެ ތިން މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ކޯޗަށެވެ. މޮރީނިއޯވަނީ ޔޫރޮޕާ ލީގު އަދި ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.
ރޯމާ އިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ނެދަލެންޑްސްގެ ފެޔަނޫޑް އެއް ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ.
ރޯމާއާ އެކު ކޮންފަރެންސް ލީގު ކާމިޔާބު ކުރި މޮރީނިއޯ ވަނީ މެންޗެސްޓަރ ޔުނައިޓެޑާއި ޕޯޓޯއާ އެކު ޔޫރޮޕާ ލީގާއި ޕޯޓޯ އާއި އިންޓަ މިލާންއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.