ads
އިންޑިއާ ސުޕްރީމް ކޯޓު
އިންޑިއާގެ ސުޕްރީމް ކޯޓުން ހަށިވިއްކުން ހުއްދަ ކޮށްފި
ހަށިވިއްކުމަކީ އިންޑިއާގައި ހުއްދަ ކަމެއް ކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އިންޑިއާ އަކީ ގިނަ އަދަދެއްގެ ބަޔަކު ހަށިވިއްކައިގެން ފައިސާ ހޯދާ ގައުމެކެވެ. އެގައުމުގެ އާބާދީގެ 1.38 ބިލިއަން މީހުން ދިރިއުޅެމުން އަންނަ އިރު އޭގެ ތެރެއިން 10 މިލިއަން މީހުންނަކީ ހަށިވިއްކާ މީހުން ކަމަށް އެގައުމުން 2021 ވަނަ އަހަރު އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނީ، އެގައުމުގައި ހަށިވިއްކައިގެން ފައިސާ ހޯދާ މީހުންނަކީ ވެސް މަސައްކަތްތެރިން ކަމަށާއި، އެމީހުން ކުރާ މަސައްކަތް ފުލުހުން ހުއްޓުވައިގެން ނުވާނެ ކަމަށެވެ. އަދި ހަށިވިއްކުމަކީ ހުއްދަ ކަމެއް ކަމަށާއި، ހަށިވިއްކާ މީހުންނަށް ވެސް ގަދަރާއި އިއްޒަތް ދޭން ޖެހޭނެ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ތިން ފަނޑިޔާރުން ގެ ރައުޔާއެކު އެގައުމުގެ ސުޕްރީމް ކޯޓުގެ ބެންޗުން ނެރުނު އަމުރުގައި ބުނެފައިވަނީ، ހަށިވިއްކާ މީހުންނާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ގާނޫނީ ގޮތުން ފުލުހުން އަދަބު ދޭން ޖެހޭނެ ކަމަށެވެ. އަދި ހަށި ވިއްކާ މީހުން ހައްޔަރުކޮށް ސުވާލު ކުރުމުގެ ބާރު ފުލުހުންނަށް ލިބިފައި ނުވާކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ. 

އެގައުމުގެ ސުޕްރީމް ކޯޓުން މި ހުކުމް ނެރެފައި މިވަނީ، އެގައުމުގައި އުޅޭ ހަށިވިއްކާ މީހުން ހައްޔަރުކޮށް އަދަބު ދޭ މައްސަލަ އާއި ގުޅިގެން އެ ކޯޓަށް ހުށަހެޅި މައްސަލައެއްގެ ހުކުމް އިއްވަމުންނެވެ. 

މި ހުކުމާއި ގުޅިގެން އެގައުމުގެ އެކި ހިސާބުތަކުގައި އުފާ ފާޅުކުރަމުން އަންނަ އިރު، މި ހުކުމާއި ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ވަނީ މިއީ އެގައުމުގެ މުސްތަގުބަލު ހަލާކުވެގެން ދާނެ ކަމެއް ކަމަށެވެ. އަދި މިކަން ސުޕްރީމް ކޯޓުން ބާތިލް ކުރަންޖެހޭނެ ކަމަށްވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

7%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
68%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް