އެމްޓީސީސީން ބުނީ ހިއްކުމަށް ހަމަޖެހިފައިވަނީ 25 ހެކްޓަރުގެ ބިން ކަމަށެވެ. އަދި 1080 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލަޖަހައި ގޮނޑުދޮށް ހިމާޔަަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫގެ އަގަކީ 105.19 މިލިއަން ރުފިޔާއެވެ.
މިއީ 2020 ވަނަ އަަހަރު އެމްޓީސީސީއަށް އެވޯޑްކުރެވުނު މަސައްކަތެކެވެ.
ބިން ހިއްކުމަށް ބޭއްވުނު ރަސްމިއްޔާތުގައި، އެމްޓީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެ ކުންފުނީގެ އިސް ވެރިންގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްދަދު ނާޝިޒު ބައިވެރިވެ ވަޑައިގަތެވެ.