ads
އެން.ސީ.ޖީ.ޖީ އާއި ސީ.އެސް.ސީއާ ދެމެދު ކުރެވިފައިވާ އެމް.އޯ.ޔޫ
ކެޕޭސިޓީ ބިލްޑިން ޕްރްގްރާމަށް ސީއެސްސީގެ 40 ބައިވެރިން އިންޑިޔާއަށް
ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ގެ މުއައްޒަފުން ތަމްރީން ޕްރޮގްރާމުތަކުގައި އިންޑިޔާއަށް ދިއުމަށް ހަމަޖެހިއްޖެ އެވެ.

އިންޑިޔާގައި ސިވިލް ސާވަންޓުންނަށް ދެމުންގެންދާނެ ތަމްރީން ޕްރޮގްރާމުތަކަކީ ގަވަރނަންސް މެކޭނިޒަމްތަކާއި، ލީޑާރޝިޕް ޕެރެޑައިމްސް އަދި މިނިވަން މުއައްސަސާތަކުގެ ހިންގުމާއި ގުޅޭގޮތުންނެވެ. 

މި ޕްރޮގްރާމަކީ ނެޝަނަލް ސެންޓަރ ފޯ ގުޑް ގަވަނަންސް (އެން.ސީ.ޖީ.ޖީ) އިން "ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް އިން ދަ ފީލްޑްއެޑްމިނިސްޓްރޭޝަން"އަށް ޙާއްސަ ކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. 

އެން.ސީ.ޖީ.ޖީ އާއި ސީ.އެސް.ސީއާ ދެމެދު ކުރެވިފައިވާ އެމް.އޯ.ޔޫ ގެ ދަށުން ދިވެހި ސިވިލް ސާވަންޓުން އިންޑިޔާއަށް ފުރުމުގެ ކުރިން އިއްޔެ ވަނީ އިންޑިޔާ ހައިކޮމިޝަންގެ ބޭފުޅުންނާއި ސަރުކާރުގެ ސިވިލް ސާވިސް މުއައްޒަފުންގެ ޓީމަކުން މަޝްވަރާ ބައްދަލުމެއްވެސް ބާއްވާފަ އެވެ.

މި އެމް.އޯ.ޔޫ ގައި ސޮއިކުރެވިފައިވަނީ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޖޫން 2019 ގައިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެވެ. މިހާތަނަށް ރާއްޖޭގެ 350 ސިވިލް ސަރވަންޓުންވަނީ މި އެމް.އޯ.ޔޫގެ ދަށުން ތަމްރީން ކުރެވިފައިއެވެ.

މިފަހަރު ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ 12 ވަނަ ތަމްރީން ޕްރޮގްރާމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް