ads
ފޮޓޯ: ގީގީ ޓޯރަސް
"މިއީ އެންމެ ރަނގަޅު އުފަންދުވަހުގެ ހަދިޔާ"
އެކި މީހުންނަށް އުފަން ދުވަހުގެ ހަދިޔާގެ ގޮތުގައި ކަމުދަނީ އެކި އެއްޗިއްސެވެ.

މިގޮތުން ސްޕެރިންގެ މެރިން ބައިލޮޖިސްޓު އަދި ޑައިވަރެއް ކަމަށްވާ، ގީގީ ޓޮރަސް، އަށް އޭނާގެ 32 ވަނަ އުފަންދުގެ ހަދިޔާ ލިބުނީ އޭނާ އެންމެ އެދޭ ގޮތަށެވެ. އަދި އެއީ އޭނާއަށް ލިބުނު އެންމެ ރަނގަޅު އުފަންދުވަހުގެ ހަދިޔާ ކަމަށް ވެސް އޭނާ ބުންޏެވެ. 

އޭނާގެ އުފަންދުވަހުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ފެނުނީ 12 މީޓަރުގެ ބޮޑު ވޭލް އެއްގެ ގައިގައި ދަލެއް އޮޅިފައި އޮތްތަނެވެ. އޭނާ އަވަސްވެ ގަތީ ވޭލް ސަލާމަތް ކުރުމަށެވެ. ޓޮރަސް އެ މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ ޓީމުން ދިޔައީ ފޮޓޯ އަދި ވީޑިއޯ ނަގަމުންނެވެ. މިހެންކަމުން އެމީހުން ކުރި މަސައްކަތް މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބުނެވެ. 

"މިއީ މިހާތަނަށް ލިބުނު އެންމެ ރަނގަޅު އުފަންދުވަހުގެ ހަދިޔާ، ވަރަށް އުފާވެއްޖެ" ގީގީ ޓޮރަސް އޭނާ ވޭލް ސަލާމަތްކުރާ ފޮޓޯތައް ޝެއާކުރަމުން ބުނެފައިވެއެވެ. 

your imageފޮޓޯ ގީގީ ޓޮރަސް


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް