ads
ޖަމާއަތުގައި ނަމާދުކުރަން މިސްކިތަށް ނުވަދެވި ހިތާމަ ކުރަނީ
ނަމާދުކުރަން މިސްކިތަށް ނުވަދެވޭތީ ހިތާމަކުރާ ދިވެއްސެއް
އީދު ނަމާދާއި ތަރާވީސް ނަމާދު ފަދަ، ބޮޑު ޖަމާއަތުގައި ކުރާ ނަމާދު ތަކުގައި ބައިވެރިވާން ބޭނުންވެފައިވާ އަންހެނަކު އެ ފުރުސަތުން މަހުރޫމް ވެފައިވާ ކަމަށް އޭނާ ބުނެފިއެވެ.
Advertisement

އެއީ ށ. ގޮއިދޫ އަބްހަރީގޭ އައިޝަތު އަމްސޫދާ ނަމަކަށް ކިޔާ އަންހެނެކެވެ. 

އޭނާ "ސީއެންއެމް" އަށް އޭނާގެ ހިތާމަތައް ހިއްސާކުރަމުން ބުނީ އެ ރަށު މަސްޖިދުއް ރިޟްވާން މިސްކިތުގެ ވަޅު ކައިރިން އަޅާފައިވާ ގާ އަތުރާފައި ހުންނަ ގޮތުންނާއި މިސްކިތަށް ވަންނަ ދޮރުކައިރީގައި ހަދާފައިވާ އޮޅިގަނޑު ރާނާފައިވާ ގޮތުން މިސްކިތު އެތެރެއަށް ނުވަދެވެނީ ކަމަށެވެ. 

އަމްސޫދާ ބުނީ އޭނާ އަކީ ފޫޅުން ތިރީގައި ވާގިނެތި ގޮނޑީގައި އިންނަން ޖެހިފައިވާ މީހެއް ނަމަވެސް އަސާސީ ހައްގު ތަކާއި، ޖަމާއަތުގައި ކުރަން ޖެހޭ ނަމާދުން އޭނާ ބާކީވެގެން ނުވާނެ ކަމަށެވެ.

ބޮޑު ޖަމާއަތުގައި ކުރާ ނަމާދު ތަކުގައި ބައިވެރިވާން ބޭނުން ނަމަވެސް އެ ކަމުން އޭނާ ބާކީވެފައި ކަމަށް އަމްސޫދާ ބުންޏެވެ.

your imageއަމްސޫދާ އާއި އޭނާގެ ހަމއެކަނި ހުރި ދަރިފުޅު، މުހައްމަދު އަލްޔާން އަލީ:

"އީދު ނަމާދު ބޭރުގައި ކުރާ ދުވަހެއްނަމަ އަހަރެން ދަން ނަމާދަށް. އަބަދު އެގޮތަށް ބޭރުގައި ނަމާދު ނުކުރާނެތާ. ތަރާވީސް ނަމާދު ޖަމާއަތުގައި ކުރަން ވަރަށްދާން ބޭނުންވޭ. އެކަމަކު އެ ފުރުސަތެއް ދުވަހަކުވެސް އަދި ނުލިބޭ. މިސްކިތުގެ ވަޅު ކައިރީގައި ގާ އަތުރާފައި ހުންނަ ގޮތުންނާއި މިސްކިތު އޮޅިގަނޑު ހުންނަ ގޮތުން މިސްކިތު އެތެރެއަށް ނުވަދެވެނީ. ވަދެވުނަސް ވަދެވެނީ ފެންޑާއާއި ހަމަޔަށް" އަމްސޫދާ ބުންޏެވެ.

އަމްސޫދާ އިތުރަށް ވާހަކަ ދައްކަމުން ބުނީ އޭނާ އެ ޝަކުވާތައް ކައުންސިލް ގައި ކުރަން ބޭނުން ކަމަށެވެ. ނަމަވެސް އެއީ ދާއިމީ ކޮށް ވެސް މިސްކިތް ހުންނަ ގޮތް ކަމަށާއި، އެހެންވުމާއިއެކު އެ ވާހަކަ ވެސް އަޑު އަހާނެ މީހަކު ނުހުނާތީ އެގޮތަށް ގަބޫލު ކުރެވި ކައުންސިލުގައި ރަސްމީކޮށް އެދިފައި ވެސް ނުވާ ކަމަށެވެ.

your imageށ. ގޮއިދޫ މަސްޖިދުއް ރިޟްވާން މިސްކިތް

ނަމަވެސް އެކަމާ އިންތިހާއަށް ކަންބޮޑުވެފައިވާ ކަމަށާއި، އެ ޝަކުވާ އަބަދު ވެސް އެކުވެރިންނާއި ގާތްމީހުންގެ ކައިރީގައި ކުރެވޭ ކަމަށެވެ. 

އެ ރަށު ކައުންސިލް ރައީސް އިބްރާހިމް ޝާހިދު "ސީއެންއެމް" އަށް ވިދާޅުވީ 700 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި ދެ މިސްކިތް ހުންނަ ކަމަށެވެ. 

އެ ދެ މިސްކިތުގެ ތެރެއިން އެއް މިސްކިތަކީ އަންހެނުންނަށް ހާއްސަ މިސްކިތެއް ކަމަށާއި، އަނެއް މިސްކިތަކީ ފިރިހެނުންނަށް ހާއްސަ މިސްކިތެއް ކަމަށެވެ. ނަމަވެސް ތަރާވީސް ނަމާދާއި، އީދު ނަމާދު ފަދަ ޖަމާއަތުގައި ކުރާ ނަމާދު ތައް ކުރަނީ ފިރިހެނުންގެ ހާއްސަ މިސްކިތް ކަމަށްވާ މަސްޖިދުއް ރިޟުވާން ގައި ކަމަށް އޭނާ ވިދާޅުވިއެވެ.

your imageއައިޝަތު އަމްސޫދާ: ބޭންކް އޮފް މޯލްޑިވްސް އިން އޭނާ އަށް ދެއްވި ފުރޮޅުލީ ގޮނޑީގައި އިށީދެގެން 

"ދެ މިސްކިތަކީ ވެސް ނަވާރަސްތޭކައިގެ އަހަރު ތަކުގެ ކުރީ ކޮޅު އަޅާފައިވާ ދެ މިސްކިތް. މިސްކިތަށް އެންމެނަށް ވަދެ ނުކުމެވޭ ގޮތަށް ހުއްޓަސް އޭރު ރާނާފައި ހުރި މިސްކިތަކަށް ވާތީ މިސްކިތުގެ އޮޅިގަނޑު ހުންނަނީ އުސްކޮށް." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ހާމަކުރެއްވި ގޮތުގައި އެރަށުގައި ރަނގަޅު މިސްކިތެއް ބޭނުންވާތީ އިސްލާމީކް މިނިސްޓްރީގައި ވެސް ވަނީ ކައުންސިލްގެ ފަރާތުން އެދިފައެވެ.  ނަމަވެސް އެ ފަރާތުން އަބަދުވެސް ލިބޭ  ޖަވާބަކަށްވާނީ ގޮއިދޫ މިސްކިތް ވެސް ވަނީ ލިސްޓުގައި ހިމެނިފައި ކަމަށެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް