ads
ޝާހު އޭނާގެ ދަރިފުޅާއެކު
އެކަށީގެންވާ ހެކި ނެތުމުން ޝާހުގެ ދަރިފުޅު ސަލާމަތްވެއްޖެ
މަސްތުވާތަކެތީގެ ތުހުމަތުތަކުން ޝާހުރުކް ހާންގެ ދަރިފުޅު ސަލާމަތް ވެއްޖެއެވެ.
Advertisement

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައި ގަތް ކަމަށް އިންޑިއާ ފުލުހުން ބުނި، މަޝްހޫރު ބޮލީވުޑް އެކްޓަރު ޝާހުރުކް ހާންގެ ދަރިފުޅުގެ މައްޗަށް ދައުވާ ކުރާ މިންވަރަށް ހެކި ނެތްކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާނުކުރަން އިންޑިއާ ފުލުހުން ނިންމައިފިއެވެ. 

ޝާހްރުކް ޚާން ޓެގް ކޮށް ރާމް ގޯޕާލް ވަރުމާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އާރިޔާން ހާންގެ މައްސަލާގައި އައި ހަމައެކަނި ރަނގަޅު ކަމަކީ އޭނާ އަކީ ސެލެބްރިޓީ ޝާހް ރުކް ޚާންގެ ދަރިއެއް ކަމަށް ވުމެވެ. އަދި އާދައިގެ ކުށެއްނެތް ރައްޔިތުންނަށް ފުރައްސާރަކުރާ ބައެއް އޭޖެންސީތަކުގެ ނާޤާބިލުކަމާއި، އިހުލާސްތެރިކަން ވަރަށް ބޮޑަށް ހާމަވެގެން ދިޔަ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. 

your imageއާރިޔާން ހާން

އުނދަގޫ ވަގުތުތައް ދެމި ނޯންނަ ނަމަވެސް ހަރުކަށި މީހުން އެމީހުންގެ ގޮތުގައި ދެމި ތިބޭ ކަމަށް ޕޫޖާ ކޮށްފައިވާ ޓްވީޓެއްގައި ވެސް ބުނެފައިވެއެވެ. އަދި ހުރިހާ ޒަހަމްތަކެއް ވަގުތާ އެކު ފިލާ ކަމަށާއި އަދި ވަގުތު ހުރިހާ ޒަހަމްތަކެއް ވެސް ފިލުވާލާ ކަމަށް އޭނާ އިތުރަށް ބުނެފައިވެއެވެ.

ހުކުރު ދުވަހު ޝާހް ރުކް ޚާންގެ ކުޑަ ދަރިފުޅު އަބްރަހާމް އަށް ނުވަ އަހަރު ފުރިފައިވާއިރު، ބެލުންތެރިން އަދި ވެސް ދަނީ އެއީ ޑަބަލް ސެލެބްރޭޝަން އެއް ކަމަށް ބުނަމުންނެވެ. މި މުނާސަބަތުގައި ގައުރީ ޚާން ވަނީ ބީޗަކުން އަބްރަހާމް ފެންނަ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އަދި ސުހާނާ ޚާން ވެސް ވަނީ އަބްރަހާމް އާ އެކު ނަގާފައިވާ ކެންޑިޑް ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ.

މަޝްހޫރް ފިލްމީ ތަރި ޝާހުރުކް ހާންގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔާން ހާން އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށް 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.

އާރިޔަން ހައްޔަރުކުރީ އިންޑިއާގެ ނާކޮޓިކްސް ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސް އެކްޓްގެ 27 ވަނަ ސެކްޝަންގެ ދަށުންނެވެ.

އާރިޔާން ވަނީ ހަތަރު އަހަރު ވަންދެން މަސްތުވާ ތަކެތި ބޭނުން ކުރި ކަމަށާއި، ކިޔަވަން އެމެރިކާ އާއި، ދުބާއީ އަދި އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި އުޅުނުއިިރުވެސް މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ކަމަށް އެއްބަސްވެފައެވެ.

ހައްޔަރުކޮށްފައި ހުންނަތާ 25 ދުވަސް ފަހުން އާރިޔާން ދޫކޮށްލާފައިވަނީ މަހެއްވާން ގާތްވެފައިވަނިކޮށް މިދިޔަ އޮކްޓޫބަރުގެ 30 ގައި ކަފާލާތުގެ ދަށުން ޝަރުތުތަކެއް ކުރުމަށް ފަހު އެއް ލައްކަ އިންޑިއަން ރުޕީސް ކޯޓަށް ދެއްކުމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް