ads
މާލޭ މަގުތަކުގައި ފެންބޮޑުވެފައި: މަގުތަކުގައި ތާރުއަޅަން މިހާރުވަނީ ނިންމާފައި
މާލޭ މަގުތަކުގައި ތާޅު އެޅުން ނުނިމި ލަސްވަނީ ޕްލޭނިން މިނިސްޓްރީ އާ ހެދި: ކައުންސިލް
މާލޭގެ މަގުތަކުގައި ތާރުއެޅުން ލަސްވަނީ ޕްލޭނިން މިނިސްޓްރީން ނިންމަންޖެހޭ ބައެއް އިދާރީ މަސައްކަތްތައް ނުނިމިގެންކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

"ސީއެންއެމް" އަށް މިއަދު ދެއްވި އިންޓަރވިއުއެއްގައި މާލޭ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތާއި ގުޅިގެން ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މާލޭ ސިޓީގެ މަގުތަށް ހަލާކުވެފައި އޮތުމުގެ މައްސަލައަކީ މިވަގުތު ކައުންސިލުން އެންމެ ކަންބޮޑުވާ މައްސަލަ ކަމަށެވެ. 

ނަރީޝް ވިދާޅުވީ މާލޭގެ 15 މަގެއް ޒަމާނީ ފެންވަރަށް ހަދައި ތަރައްގީ ކުރަން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މަސައްކަތް ނުނިމި ލަސްވަމުން ދަނީ ޕްލޭނިން މިނިސްޓްރީން ނިންމަންޖެހޭ ކަންކަން ނުނިމި ލަސްވުމުން ަމަށެވެ. 

"އަޅުގަނޑުމެން ކައުންސިލުން ކުރަންޖެހޭ ކަމެއް ވިއްޔާ މިހާރުން މިހާރަށް އެބަ ކޮށްދެން. ދެން ކައުންސިލުން މި ޑޮކިއުމަންޓް ޕްލޭނިން އަށް ފޮނުވީމަ ކޮންމެ ދުވަހަކުވެސް ވިދާޅުވާނެ ތަންކޮޅެއް ރަގަޅުކޮށްލަން. އިދާރީ ކަންތައްތަކާހުރެ މި ނުނިމެނީ." ނަރީޝް ވިދާޅުވި އެވެ. 

"ސީއެންއެމް" އަށް ކުރިން ދެއްވި އިންޓަރވިއުއެއްގައި މާލޭގެ މަގުތަކުގެ މައްސަލަ އާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވީ މާލޭގެ މަގުތައް މަރާމާތުކުރުމުގެ މައްސަލަ މިހާރުވެސް ލަސްވެފައިވާ ކަމަށެވެ.

މޫކޭ ވިދާޅުވީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގިކުރުމުގެ ވިސްނުން އާރުޑީސީން އަބަދުވެސް ގެންގުޅުއްވާ ކަމަށާއި ނަމަވެސް ބައެއްކަހަލަ ގޮންޖެހުންތައް ހުރުމުގެ ސަބަބުން މަސައްކަތް ނުފެށި ލަސްވެފައިވާ ކަމަށެވެ. 

އާރުޑީސީން ވަނީ މާލޭގެ ޖުމްލަ 15 މަގެއްގައި ތާރު އެޅުމަށް ނިންމާފަ އެވެ. އެ މަގުތަކަކީ އަމީނީ މަގު، ޗާންދަނީ މަގު، ކަނބާ އައިސާ ރަނި ހިނގުން، ޝަހީދު ޢަލީ ހިނގުން، ޢިއްޒުދީން މަގު، ހަނދުވަރީ ހިނގުން، މުރަނގަ މަގު، ހަވީރީ ހިނގުން، މާވެޔޮ މަގު، މުއިވެޔޮ މަގު، ރައްދެބައި ހިނގުން، ލިލީ މަގު، އަލިކިލެގެފާނު މަގު، ލޮނުޒިޔާރަތް މަގު އަދި ސޯސަން މަގެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް