ރައީސް ސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ މިއަދު މިކަން ކަށަވަރުކޮށްދެއްވާފައެވެ.
މަބްރޫކް ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން އޭނާ ސަސްޕެންޑް ކުރިކަން މިނިސްޓްރީއަށް އަންގަވާފައިވާނެކަމަށެވެ.
ނަމަވެސް އެ މައްސަލައަކީ ކޮބައިކަމެއް ވިދާޅެއް ނުވެއެވެ.
އޭނާ ސަސްޕެނޑުކުރި ސަަބަބު މަބްރޫކް ހާމަ ނުކުރެއްވި ނަމަވެސް، ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އޭނާ ސަސްޕެންޑު ކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައެވެ.
ނަމަވެސް އެ ތުހުމަތުތައް އެއްވެސް ރަސްމީ އިރާރާއަކުން އަދި ކަށަވަރުކޮށެއް ނުދެއެވެ.