ads
ފޮޓޯ ރައީސް އޮފީސް
ވިޔަވަތި ރާއްޖެ ކޮންފަރެންސް ނިންމާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސާލިހުގެ އިސްނެންގެވުމަަށް ބޭއްވި "ވިޔަވަތި ރާއްޖެ" ކޮންފަރެންސް މިއަދު ނިންމާލައިފިއެވެ.

މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ މިމަހު 27 އަދި 28 ވަނަ ދުވަހު އއ. އުކުޅަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވި ވިއަވަތި ރާއްޖެ ކޮންފަރެންސްގެ މައިގަނޑު އެއް މަގްސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ.
ވިޔަވަތި ކޮންފަރެންސް 2022 ވަނަ އަހަރު ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީ ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ބޭއްވޭ ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

ވިޔަވަތި ކޮންފަރެންސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ކައުންސިލްތަކުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ. 

މިގޮތުން ލޭންޑްޔޫސް ޕްލޭން ހެދުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ގާނޫނު އިސްލާހު ކުރުމާ، ގޭންކުށް ހުއްޓުވުމާ، މަސްތުވާ ތަކެއްޗާ، ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުން ފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން މި ކޮންފަރެންސްގައި މަޝްވަރާކޮށް ހައްލުހޯދަން މަސައްކަތް ކުރިއެެއެވެ. 

މި ކޮންފަރެންސްގައި 140 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް