ވިލިމާލޭ ހޮސްޕިޓަލް ހިންގަނީ އައިޖީއެމްއެޗުގެ ދަށުންނެވެ.
ސަސްޕެންޑު ކުރީ ކިޔައް މީހުންކަން އަދި ހާމައެއް ނުކުރެއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ގިނަބައެއްގެ ސަމާލުކަމަށް ގެނެސްދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ.
ޓްވިޓާގައި އުސާމް އާންމު ކުރައްވާފައިވާ ފޮޓޯއިން ފެންނަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް މުއްދަތު ހަމަވާ ވެކްސިން ފުޅިއެކެވެ.
ވިލިމާލޭ ދާއިރާގެ މެންބަރު ތުހުމަތު ކުރައްވަނީ އެ ބޭފުޅާގެ ދާއިރާގެ ކުޑަކުދިންނަށް ވިލިގިލީ ހޮސްޕިޓަލުން މުއްދަތު ހަމަވެފައިވާ ވެކްސިިން ދިންކަމަށެވެ.
މި މައްސަލަ ވަނީ ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ވެސް އައިސްފައެވެ. އަދި މައްސަލަ ބަލާނެކަމަށް އެ މިނިސްޓްރީން ވެސް ވަނީ ޔަގީން ކޮށްދީފައެވެ.