ads
ފޮޓޯ: ރައީސް އޮފީސް
އަމާޒަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ބާރުވެރި ކުރުވުން
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑުކުރުމަށާއި އެކޮމެޓީ މިހާރަށްވުރެ ހަރަކާތްތެރި ކޮމެޓީއަކަށް ހެއްދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

އއ. އުކުޅަހުގައި ކުރިޔަށްދިޔަ ވިއަވަތި ރާއްޖޭގެ ދެވަނަ ކޮންފަރެންސްގެ އެންމެ ފަހު ސެޝަނުގައި ކޮންފަރެންސް ނިންމަވާލެއްވުމުގެ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮންފަރެންސްގައި ކައުންސިލު ރައީސުންނާއި އަދި އ.ތ.މ ކޮމެޓީގެ ރައީސުން ފާހަގަކުރެއްވި ކަންކަމަށް ބަލާއިރު މައިގަނޑު ގޮތެއްގައި ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރެއްވީ މާލީ ފުދުންތެރިކަން އިތުރުކުރުމުގެ ވާހަކަތައް ކަމަށެވެ.

އެގޮތުން މާލީ ބާރުވެރިކަން އިތުރުކޮށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ދިނުމުގައި މުޅި ދައުލަތުގެ އާންމުދަނީ ބައްލަވަންޖެހޭކަމަށާއި އެހެންކަމުން އެކަމުގައި ކުރިޔަށްދާނެ ގޮތަކާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިހްތިސާސް ކަނޑައެޅުމުގައި ހުރި ދަތިތަކާއި ބިނާވެށި ޕްލޭން ހެދުމުގައި ހުރި ދަތިތަކާއި އ.ތ.މ ކޮމެޓީ މިހާރު އޮތްގޮތުން ހުރި ދަތިތަކަކީވެސް މި ކޮންފަރެންސްގެ ބައިވެރިން ރައީސްގެ ސަމާލުކަމަށް ގެންނެވި ކަންކަމެވެ. އެކަންކަމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބިނާވެށި ޕްލޭން ހެދުމުގައި މި ކޮންފަރެންސްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިރުޝާދު ދެއްވެވި ލުއިގޮތްތަކުގެ ބޭނުން ހިއްޕަވައިގެން ކައުންސިލްތަކުން ބިނާވެށި ޕްލޭންތައް އެކުލަވާލައި ފާސްކުރެއްވުމަށް ފޮނުވައިދެއްވުމަށެވެ.

އެގޮތުން ލޭންޑްޔޫސް ޕްލޭންތައް ހުށަހެޅުމުން ވީހާ ވެސް އަވަހަށް ޕްލޭންތައް ފާސްކޮށްދީ ރަށުގެ ތަރައްގީއަށް އިތުރަށް ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަގޮތްތައް ހޯދައިދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދައިގެން ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރުމުގެ މަރުހަލާ މިހާރަށްވުރެ ފަސޭހަކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ ދެދުވަހުގެ މުއްދަތަށް އުކުޅަހުގައި ކުރިޔަށްގެންދިޔަ ވިއަވަތި ކޮންފަރެންސް ދޭއް މިއަދު ނިންމާލާފައިވާއިރު މި ކޮންފަރެންސް އަމާޒުކޮށްފައި ވަނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށެވެ. ފުރަތަމަ ބޭއްވި ވިއަވަތި ރާއްޖެ ކޮންފަރެންސާ ހިލާފަށް މިފަހަރު ކޮންފަރެންސް ކުރިޔަށްގެންދަނީ ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. 

އަދި ކުރީގެ ކޮންފަރެންސާ ހިލާފަށް މިއަހަރުގެ ކޮންފަރެންސްގައި އ.ތ.މ ކޮމެޓީގެ ރައީސުންވެސް ބައިވެރިވެވަޑައިގަތެވެ. މިއަހަރުގެ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އ.އ އުކުޅަހުގައި ބޭއްވި ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި ރައީސްގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް