ފްލައިޓް ގެއްލުނުއިރު އުދުހެމުން ދިޔައީ ނޭޕާލުގެ ދެ ސިޓީއެއްގެ ދެމެދުގައެވެ. އެ ފްލައިޓުގެ ދަތުރުގެ އާންމު ދިގު މިނަކީ 20 ނުވަތަ 25 މިނެޓުކަމަށް ނޭޕަލުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ. ނަމަވެސް ފްލައިޓް ނައްޓަލިތާ 12 މިނެޓު ފަހުން ގެއްލިފައިވާކަމަށް ނޭޕާލުން ބުނެއެވެ.
ބޯޓު ގެއްލުނުއިރު އޭގައި ތިބީ 19 ޕަސެެންޖަރުންނާއި ތިން ކުރޫ މެންބަރުންނެވެ. އެއީ ޖަރުމަނު ވިލާތުގެ ދެ މީހުންނާ، އިިންޑާގެ ހަތަރު މީހުންނާއި، ނޭޕާލުގެ 13 މީހުންނެވެ.
ނޭޕާލުގެ ކަމާބެހޭ އިދަރަތުން ބުނެފައިވަނީ ފްލައިޓް ގެއްލުނުކަމަށް ބެލެވެނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
ބޯޓުން ގެއްލުނު އެއްވެސް މީހެއްވެސް އަދި ބޯޓު ވެސް އަދިވެސް ނުފެނެއެވެ.