މިރޭ ހޮޓެލްޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވަނީ ހިއްސާއަކަށް 48 ރުފިޔާގެ ރެޓުން ބެހުމަށް ނިންމަފައެވެ.
މިދިޔަ އަހަރު ބީއެމްއެލްގެ ހިއްސާއެއްގެ އަގު ހުރީ 15 ރުފިޔާގައެވެ.
މިއަހަރު ހިއްސާ ބަހަން ނިންމާފައިވަނީ، 35 ރުފިޔާގެ ފައިނަލް ޑިވިޑެންޑުގެ ގޮތުގައި 188.9 މިލިއަން ރުފިޔާ އަދި އިންޓަރިމް ޑިވިޑެންޑް ނުވަތަ އަހަރީ އާއްމު ޖަލްސާގެ ކުރިން ބަހާ ހިއްސާގެ ފައިދާގެ ގޮތުގައި 13ރ. ގެ ރޭޓުން 69.9 މިލިއަން ރުފިޔާ އެވެ. މިހެންކަމުން ހިއްސާއަކަށް ޖުމްލަ 48 ރުފިޔާއެވެ.
މިއީ ބީއެމްއެލްގެ ތާރީހުގައި ވެސް އެންމެ ބޮޑު އަދަދެއްގެ ފައިދާ ބަހަން ނިންމި އަހަރެވެ.