ads
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު: އެމަނިކުފާނު ވަނީ އެމްއެންޕީ އަށް ރަޖިސްޓްރީކޮށްފައި
ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް މެންބަރުގެ ނަން އޮތީ އެމްއެންޕީގެ ދަފްތަރުގައި
ހދ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އަކީ މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) ގެ ބޭފުޅެއް ކަމަށާއި، ޕާޓީގެ ދަފްތަރުން އެހެން ޕާޓިއަކަށް ރަޖިސްޓްރީ ކޮންފައި އޮތް މައްސަލަ ބަލަމުން ގެންދާ އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު މިވަގުތު ހުރީ މޯލްޑިވްސް ނޭޝެނަލް ޕާޓީ (އެމްއެންޕީ)ގެ ދަފްތަރުގައި ކަމަށް އިލެކްޝަން ކޮމިޝަނުގެ ރަސްމީ ޑޭޓާބޭސް އިން ދައްކަ އެވެ. 

"ސީއެމްއެންމް" އަށް މައުލޫމާތުދެއްވަމުން ޒިޔާދު މިއަދު ވިދާޅުވީ އޭނާ މިވަގުތުވެސް ހުންނެވީ އެމްޑީޕީ އާއެކުގައި ކަމަށާއި، ތާއީދު ކުރައްވަނީވެސް އެމްޑީޕީއަށް ކަމަށެވެ.

ޒިޔާދު ވިދާޅުވީ އެމަނިކުފާނުގެ ނަން އެހެން ޕާޓީއެއްގެ ދަފްތަރުގައި އޮންނަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި، މިވަގުތުވެސް ހުންނެވީ އެމްޑީޕީގެ ބައްދަލުވުމެއްގައި ކަމަށެވެ. 

"އަޅުގަނޑަށްވެސް އެނގުނީ ރޭގެ ވަރަށް ދަންވި ފަހުން އެހެން ޕާޓީއަކަށް ބަދަލުކޮށްފައި އޮއްވާ. މިކަން ބަލުން މިދަނީ. މި މައްސަލައިގައި އިލެކްޝަނަށް ދާނަން." ޒިޔާދު ސީއެންއެމްއަށް މިއަދު ވިދާޅުވި އެވެ.

ދާދިފަހަކުން ވަނީ ޕީޕީއެމްއަށް ނިސްބަތްވާ އާއިލާއެއްގެ ބަޔަކުވެސް އޮޅުވާލައިގެން އެމްއެންޕީއަށް ވެއްދި މައްސަލައެއް ފެންމަތިވެފަ އެވެ. 

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ކުރިން ސީއެމްއެމްއަށް ވިދާޅުވީ އިލެކްޝަންގެ ރަޖިސްޓްރޭޝަންގައި އެެއްވެސް މައްސަލައެއް އުޅޭކަން އެނގިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ޕާޓީތަކުން ހުށައަޅާ ފޯމް ބެލުމަށްފަހުގައި ނޫނީ ދަފްތަރުގައި އެކަލަވާނުލައްވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް