ads
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާތީ އަޑު އުފުލަނީ
10 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު މައްސަލާގައި ކާފަ ހައްރުކޮށްފި
އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކާއި ބެހިގެން އެކުއްޖާގެ ކާފަ ހައްޔަރުކޮށްފި އެވެ.

"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ 68 އަހަރުގެ އެކުއްޖާގެ ކާފަ އެވެ. 

ފުލުހުން މިއަދު ވިދާޅުވީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ ތިން ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.  

ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނެނީ މ.އަތޮޅާއި، ފ.އަތޮޅާއި، ދ.އަތޮޅާއި ތ.އަތޮޅާއި ލ.އަތޮޅެވެ. 

އިތުބާރު ކުރެވޭ މަގާމުތަކުގައި ތިބެ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރަމުންދާ މައްސަލަ މިފަހަކުން ވަރަށް ގިނައިން ފުލުހުންނަށް ހުށަހެޅެމުންދާއިރު މި މައްސަލައަކީވެސް ކުޑަކުދިންގެ މައްސަލައަކަށްވުމުން މި މައްސަލަ ހުށަހެޅިފައިވަނީ ކޮން އަތޮޅަކުން ކަމެއް އަދި ކޮން ރަށަކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. 

ކުޑަކުދިންނަށް ކުރާ އަނިޔާގެ 103 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރިއަށް ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުންވެސް ދައްކައެވެ. 

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
71%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް