ads
ދަރިފުޅުގެ ފޮޓޯއެއް ކަލްކީ ހިއްސާކޮށްފި
ބޮލީވުޑުގެ ތަރި ކަލްކީ ކޯޗްލީނަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އަންހެން ދަރިއަކު ލިބުނުއިރު ކުއްޖާާއެކު އޭނާ ނަގާފައިވާ ފޮޓޯއެއް މިވަނީ ސޯޝަލް މީޑިއާއަަށް ފުރަތަމަ ފަހަރަށް ހިއްސާކޮށްފަ އެވެ.
Advertisement

ކަލްކީ، އޭނާގެ ލޯބިވެރިޔާ ހާރްޝްބާގްއާ ރައްޓެހިވިތާ މާގިނަ ދުވަސް ނުވަނީސް ފުރަތަމަ ދަރިފުޅަށް ބަލިވެއިން ހަބަރު އިއުލާންކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. 

ކަލްކީގެ ބަނޑަށް ފަސް މަހުގައި އޭނާ އެކަން އިންސްޓަގްރާމު މެދުވެރިކޮށް ސަޕޯޓަރުންނަށް ހިއްސާކުރީ ބަނޑުބޮޑު ފޮޓޯތަކާއެކު ވެސް މެއެވެ. 

އިއްޔެ އިންސްޓަގްރާމު މެދުވެރިކޮށް ކަލްކީ އޭނާ ވިހޭ ހަބަރު އިއުލާންކޮށް ބުނީ އޭނާގެ ދަރިފުޅަށް ކިޔަނީ ސާފޯ ކަމަށެވެ. އަދި އެ ޕޯސްޓާއެކު އޭނާ ވަނީ ކުއްޖާގެ ދެ ފައިތިލައިގެ ތައްގަނޑެއް ކަރުދާސް ގަނޑަކަށް ޖަހާފައި އޮތް ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. މި ފޮޓޯ ކަލްކީގެ ލޯބިވެރިޔާ ހާރްޝްބާގް ވެސް ވަނީ ހިއްސާކޮށްފަ އެ

ކަލްކީ ވަނީ އޭނާ ބޮލީވުޑަށް ތައާރަފުވި ފިލްމު "ދޭވް ޑީ"ގެ ޑައިރެކްޓަރު، އަނުރާގް ކަޝްޔަޕްއާ ދެ އަހަރު ލޯބިގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2011 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ. އެކަމަކު ކައިވެންޏަށް ހަތަރު އަހަރުވީ ފަހުން އެމީހުން ވަނީ ވަކިވެފަ އެވެ.

އެ ކައިވެންޏަށް ދަރިއަކު ލިބިފައި ނުވާއިރު މިއީ ކަލްކީއަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. 

ޔޭ ޖަވާނީހޭ ދީވާނީގައި މަސައްކަތް ކޮށް ގިނަ ބައެއްގެ ލޯބި ހޯދި ކަލްކީ ވަނީ ސައިފް އަލީހާން އާއެކު "ހެޕީ އެންޑިން" ގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި ކާމިޔާބު ފިލްމު "ގަލީ ބޯއީ" އިން ވެސް ސަޕޯޓިން އެކްޓްރެސްއެއްގެ ރޯލުން ކަލްކީ ފެނިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް