ads
ލަމް: ފޮޓޯ އިންސްޓަގްރާމް
ލަމް ފިލްމުކުޅެން ބޭނުމެއް ނޫން، ސޯޝަލް މީޑިއާ އާ ވެސް ދުރަށް!
ފިލްމުކުޅެން ބޭނުން ނުވާކަމަށް ރާއްޖޭގެ ޝޯޝަލް މީޑިއާ އިންފުލުއެންސާ އަދި ކުރީގެ ޕްރެޒެންޓަރު ހައްވާ ލަމްހާ އަބްދުއްރަޝީދު، (ލަމް) ބުނެފިއެވެ.
Advertisement

މިއަދު ސީއެންއެމްއަށް ދިން އެކްސްކުލޫސިވް އިންޓަވިއުއެއްގައި ލަމް ބުނީ އޭނާށް ފިލްމު ކުޅެން ޗާންސް ލިބުނަސް އެ ޗާންސް ތައް ދޫކޮށްލަނީ އެއީ ކުރަން ބޭނުން ކަމަކަށް ނުވާތީކަމަށެވެ. 

"އަސްލު ފިލްމު ކުޅޭކަށް އިންޓަރެސްޓެއް ނުހުރޭ. އެހެންވީމަ ފިލްމަކުން ނުފެންނާނެހެން ހީވަނީ،" - ލަމް-

ކުރިން ޕްރެޒެންޓު ކުރުމާއި ބައެއް ބްރޭންޑް ތައް ވެސް އިޝްތިހާރު ކުރި ލަމް ބުނީ އޭނާ ފިލްމު ކުޅެން ބޭނުން ނުވުމުގެ އިތުރުން ސޯސަލް މީޑިއާ އާއި ވެސް މިދުވަސް ވަރު ތަންކޮޅެއް ދުރުގައި އުޅޭކަމަށެވެ. 

އިންސްޓަގްރާމްގައި 33 ހާސް ފޮލޯވަރުން ހުރި ލަމް ބުނީ، އެނާ ބިޒީކޮށް އުޅެނީ "ބިޒްނަސް" ކަންކަމުގައިކަމަށެވެ. 

"މިހާރު މިކުރާ މަސައްކަތަކީ ބިޒްނަސްގެ މަސައްކަތް. އެހެންކަންކަމާ ތަންކޮޅެއް ބޮޑަށް ދުރުވެލާ ބިޒްނަސް ކުރިއަށްގެންދެވޭތޯ މި ބަލަނީ،" - ލަމް -

ބިޒްނަސް ކަންކަމުގައި ލަމް ބިޒީވި ނަމަވެސް، ސޯސަލް މީޑިއާގައި އިންފްލުއެންޒާ އަކަށް ވާން ބޭނުންވާ ކުދުންނަށް ލަމް މިއަދު ވަނީ ނަސޭހަތް ކޮޅެއް ދީފައެވެ. 

ލަމް ބޫނީ އެނާ ވެސް އެންމެ ފުރަތަމަ ސޯސަލް މީޑިއާގައި ބްރޭންޑް ކުރުން ފަދަ ކަންކަމުގައި މަސައްކަތް ކުރި ދުވަސްވަރު ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވިކަމަށެވެ. 

"އެންމެ ބޮޑުއެއް ކަމަކީ ސޮސައިޓީން ރިއެކްޓުކުރާގޮތް ވަރަށް ތަފާތު ޓީވީން ފެންނަޏާ. މޮޑެލް ކުރަންޏާ ނޫނީ. އެކަހަލަ އޭރިއާތަކުން ފެންނަންޏާ ސޮސައިޓީން ރިއެކްޓުކުރާ ގޮތް ވަރަށް ތަފާތު،"

ނަމަވެސް ލަމްގެ ނަސޭހަތަކީ މީހުން ކިޔާ އެއްޗަކަށްވުރެ ބޮޑަށް ތިމާ ކުރާހިތްވާ ކަމަކާއިގެން ކުރިއަށް ދިޔައިއްޔާ ރަނގަޅުވާނެކަމަށެވެ. 

"އޭރުން ހިތްހަމަޖެހުން ވެސް ލިބިފަ ސޮސައިޓީން ވެސް އެކްސެޕްޓުކުރާނެ،"

ލަމްބުނީ މި ދުވަސްކޮޅު ސޯޝަލް މީޑިއާއާއި ދުރުގައި ހުރި ނަމަވެސް، އޭނާ ހުރީ ފޭނުންނާ އެކުކަމަށެވެ. 

28%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް