ads
ސީއެޗްއެސްއީ---
ސީއެޗްއެސްސީއިން ސްކްރީން ކުރި ދަރިވަރެއްގެ ގައިން ޓީބީ ބަލި ފެނިއްޖެ
ސެންޓަރ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ން ސްކްރީން ކުރި ދަރަވަރެއްގެ ގައިން ތީބީ ބަލި ފެނިއްޖެ އެވެ.

އެ ސުކޫލުން މި ބަލި ފެނުމާއި ގުޅިގެން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވީނަމަ ވެސް، އެ ސުކޫލުގެ ޕްރިންސިޕަލް އައިޝަތު ސަފޫރާއާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، އެ ސުކޫލުން މި ބަލި ފެނުމާއި ގުޅިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުން ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. 

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއަށް މައުލޫމާތު ހިއްސާ ކޮށްފައި ވާނެ ކަމަށާއި، އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބަޔާނެއް ނެރޭނެ ކަމަށް އައިޝަތު ސަފޫރާއާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

އެ ސުކޫލުން ޓީބީ ބަލި ފެނިފައި ވާއިރު، އަދި މިހާތަނަށް ހެލްތު މިނިސްޓްރީން މިކަމުގެ މައުލޫމާތު އާއްމު ކޮށްފައި ނުވެ އެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީންވެސް އަދި މިހާތަނަށް މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވެ އެވެ. 

ސީއެޗްއެސްސީއިން މި ބަލި ފެނިފައި ވާއިރު، ޓީބީ ދެނެގަތުމަށް ކުރާ މަސައްކަތް ހަރުދަނާކޮށް، 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖެއިން ޓީބީ އެއްކޮށް ނައްތާލަން އަމާޒުހިފާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ވިދާޅުވެފަ އެވެ. 

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ޓީބީ ބައްޔާ ބެހޭ މަސައްކަތްތައް ހަރުދަނާކޮށް މި ސަރަހައްދުން ޓީބީ ނައްތާލުމާ ގުޅޭ ހައިލެވެލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް