އިސްދޫ އަންހެނުން މިއަދު ކައުންސިލް ދޮށަށް އެއްވެ މުޒާހަރަ ކުރަމުން އަންނައިރު، ބައެއް މީހުން ގެންދަނީ ސޯސަލް މީޑިއާގައި ވެސް އެމީހުންގެ ހިޔާލު ފާޅުކުރަމުންނެވެ.
ބައެއް މީހުން އެދެނީ ދެރަށް އެއްކޮށް އެއް ކައުންސިލެއްގެ ދަށުން ހިނގުމަށެވެ. އަނެއްބައި މީހުން ބުނަނީ ދެރަށް ވަކިކުރި އަސް އެއްހަމައެއްގައި ވަކިކުރަންޖެހޭނެކަމަށެވެ.
މިގޮތުން ސޯސަލް މީޑިއާގައި ހިޔާލު ފާޅުކުރި ހަސަން ކިޔާ އިސްދޫ މީހަކު ބުނެފައިވަނީ "އިންފާރެއް" ދެ ރަށް ވަކިކުރަން ބޭނުންވާކަމަށެވެ.
ކައުންސިލް ދޮރު މަތީގައި މުޒާހަރާކުރާތީ އެތަނަށް ވަދެ ނުކުމެ ހަދަން އުނދަގޫ ވެގެން އެރަށު ކައުންސިލުން ވަނީ ފުލުހުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
އިސްދޫ މުޒާހަރާ: ފޮޓޯ ސޯޝަލް މީޑިއާ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;