ads
އިސްދޫ މުޒާހަރާ: ފޮޓޯ ސޯޝަލް މީޑިއާ
ހަމަނުޖުހުން ފެށުނީ އިސްދޫ އަންހެން ވެރިން ކަލައިދުއަށް އަރާ ކުނިކަހަން ފެށުމުން
ލ. އިސްދޫ އަންހެންވެރި މިއަދު ވަނީ ދެ ރަށުގެ އިހުތިސާސް ކަނޑައެޅުމުގައި އިންސާފުވެރި ނޫންކަމަށް ބުނެ އެރަށު ކައުންސިލް ދޮށުގައި މުޒާހަރާކޮށްފައެވެ. ދެ ރަށުގެ މީހުންގެ ދެމެދުގައި ހިތްހަމަނުޖެހުންތައް ފެށުނީ އިސްދޫ އަންހެން ވެރިން ކަލައިދުއަށް އަރާ ކުނިކަހަން ފެށުމުންކަމަށް ވެސް ސީއެންއެމްއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ކަލައިދޫ ކައުންސިލްގެ ނައިބުރައީސް އިބްރާހިމް މާޖިދު މިއަދު ސީއެންއެމްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، އިސްދޫ އަންހެންވެރިން ކަލައިދޫގެ އިހުތިސާސް ހިނގާ ސަރަހައްދަށް އަރައި ކުނިކަން ފެށުމުން ކަލައިދޫ ބައެއް މީހުން މައްސަލަ ޖައްސާފައިވާކަމަށެވެ. 

"ފަސް ސަތޭކަ ވަރަކަށް ފޫޓު އެތެެރެއަށް ވަދެ ކުނި ކަހަން ފެށުމުން މީހުން މައްސަލަ ޖެއްސީ"

އެ މައްސަލަ ކަލައިދޫ ކައުންސިލަށް ހައްލުނުވުމުން ފުލުހުން ވެސް ގެންނަންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުއެވެ.

އޭނާ ވިދާޅުވީ ދެ ރަށުގެ އިހްތިސާސް ވަކިކޮށް ގެޒެޓް ކޮށްފައިވަނީ 2020 ވަނަ އަހަރު ތެރޭގައި ކަމަށެވެ. 

"އެއްވެސް ގައުމެއްވެސް އޮވޭތޯ ހަމަހަމައަށް ބަހާފަ؟ ދެ ރަށް ބެހުމުގައި ވެސް އަކަފޫޓުގެ ތަފާތު ހުރެދާނެ. އެހެން ނަމަވެސް އެއީ މާކުރިން ގެެޒެޓްކޮށްފައި އޮތް ނިންމުމެއް،" ކަލައިދޫ ކައުންސިލްގެ ނައިބުރައީސް ވިދާޅުވިއެވެ. 

އިސްދޫގައި މުޒާހަރާ ކުރަމުން ގެންދާ މީހުން ގެންދަނީ ކަލައިދޫ އާއި އިސްދޫ ހަމަހަމައަށް ބެހުމަށެވެ. އަދި ބައެއް މީހުން ގޯވާލަމުން ގެންދަނީ ދެރަށް އެއްކޮށް އެއް ކައުންސިލަކަށް ހެދުމަށެވެ. 

your imageއިސްދޫ އަދި ކަލައިދޫ ވަކިކޮށްފައިވާ ގޮސް ދައްކުވައިދޭ ޗާޓެއް:

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް