ads
ސްކޫލް ދަރިވަރުންތަކެއް ސްކޫލް ހޯލަށް ވަދެގެން ދާއިރު: ފޮޓޯ/ފޭސްބުކޮ
ސްކޫލްތަކުގައި ޓީބީ ބަލި ފެތުރޭ ވާހަކަ ދޮގުކޮށްފި
މާލޭގެ ބައެއް ސުކޫލުތަކުގައި ޓީބީ ބަލި ފެތުރެމުން އަންނަ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އިން ޓީބީ ބަލިފެނިފައިވާކަމަށް އެ ސެންޓަރުގެ ޕްރިންސިޕަލާއި ހަވާލާދީ ބައެއް ނޫސްތަކުގައި ލިޔެފައިވެއެވެ. 

އެ ސުކޫލުގެ ޕްރިންސިޕަލް އައިޝަތު ސަފޫރާއާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، އެ ސުކޫލުން މި ބަލި ފެނުމާއި ގުޅިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުން ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. 

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއަށް މައުލޫމާތު ހިއްސާ ކޮށްފައި ވާނެ ކަމަށާއި، އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބަޔާނެއް ނެރޭނެ ކަމަށް އައިޝަތު ސަފޫރާއާއި ހަވާލާދީ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

ނަމަވެސް މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބުނެފައިވަނީ "މާލޭގެ ސްކޫލްތަކުގައި ޓީބީ ފެތުރޭކަމަށް" ބުނެ ފަތުރަމުން ގެންދަނީ ދޮގު ވާހަކަ ތަކެއްކަމަށެވެ. 

ޓީބީ ދެނެގަތުމަށް ކުރާ މަސައްކަތް ހަރުދަނާކޮށް، 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖެއިން ޓީބީ އެއްކޮށް ނައްތާލަން އަމާޒުހިފާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ވިދާޅުވެފަ އެވެ. 

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ޓީބީ ބައްޔާ ބެހޭ މަސައްކަތްތައް ހަރުދަނާކޮށް މި ސަރަހައްދުން ޓީބީ ނައްތާލުމާ ގުޅޭ ހައިލެވެލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް