ads
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން
އެސްޓީއޯގެ ހިއްސާއަށް 65 ރުފިޔާ ބަހަން ފާސްކޮށްފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާށްކޮށްފި އެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ރޭ ކްރޮސް ރޯޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ހިއްސާއަކަށް 65 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުން ފާސްވެގެންނެވެ. 

އެސްޓީއޯގެ މިދިޔަ އަހަރުގެ ހިއްސާގެ އަގުތަކުން މިއަހަރު ވަނީ ފަސް ރުފިޔާގެ އަގެއް އިތުރުވެފަ އެވެ. މިދިޔަ އަހަރު ހިއްސާއަކަށް ބެހީ 60 ރުފިޔާ އެވެ. އަދި އޭގެ ކުރީ އަހަރު ހިއްސާއަކަށް ބެހީ 58 ރުފިޔާ އެވެ.

ރޭގެ ބައްދަލުވުމުގައި ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ބޭފުޅަކާއި އަދި އޮޑިޓަރެއް ވެސް ޥޯޓަކުން ވަނީ ހޮވައިފަ އެވެ. އެގޮތުން 98 ޕަސެންޓް ވޯޓާއެކު އޮޑިޓަރަކަށް ހަމަ ޖެއްސީ ޕްރައިސް ވޯޓާ ހައުސް ކޫޕާސް އެވެ. އޮޑިޓަރަށް ދެނީ 65،000 ރުފިޔާއަށެވެ.

ރޭގެ ޖަލްސާގައި ކުންފުނީގެ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ވަނީ ބޭފުޅަކު އައްޔަންކޮށްފަ އެވެ. ހިއްސާދާރުންގެ 59 އިންސައްތަ ވޯޓަކާއެކު އާންމު ހިއްސާދާރަކަށް ހޮވިފައިވަނީ އަބުދުﷲ ސައީދެވެ. 

އެ ކުންފުނީގެ 2021 ވަނަ އަހަރުގެ މާލީ ހިސާބުތަކުގައި ވާގޮތުން ކުންފުނީގެ އާމްދަނީ 10.2 ބިލިއަނަށް އަރައެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު އެއީ 41 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޓެކުހަށް ނުކަނޑާ ލިބުނު ފައިދާ 1.5 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ 15 އިންސައްތައިގެ ކުރިއެރުމެކެވެ.

މުޅި އެސްޓީއޯގެ ހިސާބުތަކަށް ބަލާއިރު ޖުމްލަ އާންމުދަނީ ވަނީ 37 އިންސައްތައިގެ ކުރި އެރުމަކާއެކު ޖުމްލަ 11.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 187 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް