ads
ރަންބީރު އަދި އަނުޝްކާ
ޒަމާންތަކަކަށްފަހު ރަންބީރާ އަނުޝްކާ ބައްދަލުވެއްޖެ
މިހާރު ބީ-ޓައުންގެ އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ ބޮލީވުޑްގައި އެމީހެއްގެ ނަންބުނުމުން ނޭނގޭ މީހެއް ނުހުންނާނެ ދަރްމާ ޕްރޮޑަކްޝަންގެ ވެރިޔާ އަދި މަޝްހޫރު ފިލްމް ޑައިރެކްޓަރ ކަރަން ޖޯހަރްގެ 50 ވަނަ އުފަންދުވަހުގެ އުފަލުގައި ބޭއްވުނު ބޮޑު "ބަރތްޑޭ ބޭޝް" ގެ ވާހަކައެވެ.

މި ޕާޓީއަށް ދައުވަތު ދެވުނު މީހުންނަށް ބަލާއިރު ބީ-ޓައުންގެ ހުރިހާ އޭ-ލިސްޓް ތަރިންނަށް ދައުވަތު ދެވުނު އިރު ގިނަ ތަރިންވަނީ މި ޕާޓީއިން ފެނިފައިވެއެވެ. މީގެ ތެރެއިން ފެނިފައިވާ ބައެއް މަޝްހޫރު ތަރީންގެ ތެރޭގައި ސަލްމާން ޚާން، އާމިރް ޚާން، ކަރީނާ ކަޕޫރު ޚާން، ސައިފް އަލީ ޚާން، ކާޖޯލް، ރާނީ މުކަރްޖީ، ޝާހިދު ކަޕޫރް، މީރާ ކަޕޫރް، އަނުޝްކާ ޝަރްމާ، ގޯރީ ޚާން، ރިތިކް ރޯޝަން، ރަންވީރް ސިންހް އަދި ރަންބީރް ކަޕޫރް ފާހަގަކޮށްލެވެއެވެ.

މި ޕާޓީއަށް އައި ތަރިން ރެޑް ކާރޕެޓްގައި ނަގާފައިވާ ފޮޓޯ ތަކުން މުޅި ސޯޝަލް މީޑިއާވަނީ ފުރިގެން ބަންޑުންކޮށްލާފައެވެ. މި ގޮތުން ކެޓްރީނާ ކެއިފް އާއި ވިކީ ކޯޝަލް ގެ ޖޯޑުގެ ލޯބިން ފުރިގެންވާ ފޮޓޯތަކުން "ކަޕްލް ގޯލްސް" ގެ ބޮޑު ރާޅެއް ސޯޝަލް މީޑިޔާއަށް ބިންދާލާފައިވާއިރު ރަންބީރް ކަޕޫރް އާއި އަނުޝްކާ ޝަރްމާ އެތައް ދުވަހަކަށް ފަހު ބައްދަލުވި މިއީ ފުރަތަމަ ފަހަރެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް