ads
ދ. ރިނބުދޫގައި ކުރަހާފައި ހުރި މަސްތަކެއް: އެރަށު ކައުންސިލާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ) އާއި ގުޅިގެން ގެންދަނީ ކަލްޗަރަލް އޭރިއާއެއް އެޅުމުގެ މަސައްކަތް ކުރަމުން:--
ރިނބުދޫގައި ކުރަހާފައި ހުރި މަސްތަކެއް ކާން މާކަނައެއް މަސައްކަތްކޮށްފި
ދ. ރިނބުދޫގައި ކުރަހާފައި ހުރި މަސްތަކެއް ކާން މާކަނާއެއް މަސައްކަތްކޮށްފިއެވެ.
ދ. ރިނބުދޫގައި ކުރަހާފައި ހުރި މަސްތަކެއް ކާން މާކަނާއެއް މަސައްކަތްކޮށްފިއެވެ.

ދ. ރިނބުދޫ ކައުންސިލް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމް.އޭ.ސީ) އާ ގުޅިގެން އެރަށުގައި ކަލްޗަރަލް އޭރިއާއެއް ތަރައްގީ ކުރުމުގެ ގޮތުން އެ ރަށުގެ ހުރަށް އޮންނަ އިބްރާހިމީ މަގުގެ ބޮޑުބައެއްގެ ފާރުތަކުގައި ސަގާފީ ދައި އެރަށުގެ ތާރީހާއި ތިމާވެށި ދައްކުވައިދޭ ކުރެހުންތައް އަންނަނީ ކުރަހަމުންނެވެ.

މިގޮތައް ކުރެހުންތައް ކުރަހަމުން ގެންދާއިރު، އިބްރާހިމީ މަގުން އަތިރިމައްޗާއި ދިމާލުގައި ހުރި ފާރުތަކުގައި ވެސް ގެންދަނީ ކުރަހަމުންނެވެ.

އެރަށު ކައުންސިލްގެ ރައީސް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯއަކުން އެތައް ބަޔަކު އަޖައިބު ކޮށްލައިފިއެވެ. އެރަށުގައި ދިރިއުޅޭ މާކަނާއެއް ވަނީ ފާރުގައި ކުރަހަމުން ގެންދިޔަ މަންޒަރުގައި ހުރި މަސްތައް ކައިލުމަށް މަސައްކަތްކޮށްފައެވެ.



އެރަށު ކައުންސިލެގެ ރައީސް ހާތިމް އިބްރަހިމް ސީއެންއެމްއަށް ވިދާޅުވެފައިވަނީ ކަލްޗްރަލް އޭރިއާއެއް ތަރައްގީކުރުމަކީ ކައުންސިލުން ކޮށްފައިވާ ބިނާވެށި ޕްލޭންގެ ދަށުން ހިނގަމުން އަންނަކަމެއްކަމަށެވެ.

މި ޕްލޭންގެ ދަށުން އިބްރާހިމީ މަގުގެ ބޮޑުބައެއްގައި ކުރެހުމުގެ މަސައްކަތް އަންނީ ކުރަމުންނެވެ. އެ މަސައްކަތުގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަންނާނުންނާއި އެރަށުގެ ޒުވާނުންނާއި، ސްކޫލްކުދިން ބައިވެރިވެއެވެ.

"މިރަށުގެ ސަގާފަތާއި ހުނަރުވެރިކަން ދައްކުވައިދޭ ކުރެހުންތައް މުޅިންވެސް ހުންނާނީ. ރީތި މަންޒަރުތަކުކުގެ އިތުރުން ހުއްޓިލައިގެން ފޮޓޯ ނަގާލެވޭނެ ފޮޓޯ ބޫތް ތައް ވެސް ހުންނާނެ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މި މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަުރގެ ޑިސެންބަރު 26 ވަނަ ދުވަހުއެވެ. އަދި މަސައްކަތް ނިމޭނެ ކަމަށް ބެލެވޭނީ މިމަހުގެ ފަހުކޮޅަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ތަސައްވަރެއް އޮވެގެން. އުއްމީދު ކުރަނީ ވަރަށް އަވަހަށް ބިނާވެށިޕްލޭން ގަ ޓުއަރިޒަމް ތަރައްގީކުރަން އޮތް ތަނަށް ހުއްދަ ލިބޭނެކަމަށް،" ހައިތަމް ވިދާޅުވިއެވެ.

މި މަޝްރޫގައި އިބްރާހިމީ މަގުގައި ހިމެނޭ 10 ވަރަކަށް ގޭގެ ފާރުގައި ކުރަހާނެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ މި މަސައްކަތް ނިމުމާއެކު ރިނބުދޫ ކައުންސިލް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ އާ ގުޅިގެން އެރަށުގައި ކުރެހުމާއި ގުޅޭ ވޯކްޝޮޕެއް ފަށާނެއެވެ. އެ ވޯކްޝޮޕް އަމާޒު ކުރަނީ އެރަށުގެ ޒުވާނުންނާއި ސްކޫލް ކުދިންނަށްކަމަށް ވެސް ވިދާޅުވިއެވެ.

އަތްތެރި މަސައްކަތުގައި ޒަމާނުއްސުރެ މަޝްހޫރު ރިނބުދޫގެ އާބާދީއަކީ 579 އެވެ. އެރަށުގައި ވަޒަންވެރިވެގެން 400 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

އެރަށު ކައުންސިލްގެ އަމާޒަކީ އެރަށިކީ ލޯކަލް ޓޫރިޒަމް އިން ފައިދާވާ ރަށެއްގެ ގޮތުގައި ތަރައްގީކުރެމެވެ.

ރާއްޖޭގައި އެންމެފުރަތަމަ ގެސްޓުހައުސްއެއް ހުޅުވި ރަށަކީ ރިނބުދޫއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް