ads
އޯލް ދެޓް ބްރީތްސްގެ މަންޒަރެއް:
ދުނިޔޭގެ އެންމެ މޮޅު ޑޮކިއުމަންޓަރީގެ އެވާޑް އިންޑިއާއަށް
ޝޯނަކް ސެން ޑައިރެކްޓްކޮށްގެން ހަދާފައިވާ "އޯލް ދެޓް ބްރީތްސް" ކިޔާ ޑޮކިއުމެންޓަރީ ފިލްމު މިވަނީ ކަންސްގެ ބޮޑު ޕްލެޓް ފޯމްގައި އިންޑިޔާގެ ނަން ފަޚުރުވެރިކޮށްދީފައެވެ. ކަންސްއަކީ ކޮންމެ އަހަރަކު ނެރޭ ފިލްމް ތަކުގެ ތެރެއިން ފިލްމް އިންޑަސްޓްރީއަށް ތަފާތު ދައްކާ އެންމެ މޮޅު ފިލްމްތައް ހޮވާ ގްލޯބަލް އެވޯޑް ފެސްޓިވަލްއެކެވެ.
Advertisement

މި ޑޮކިއުމެންޓްރީއަށް ދަ ގޯލްޑަން އައި ފޯ ބެސްޓް ޑޮކިއުމެންޓްރީ ލިބިފައިވާ އިރު މިއީ މި އެވޯޑް ފެސްޓިވަލްއަށް އިންޑޔާގެ ހަމައެކަނި އެންޓްރީކަން ވެސް ފާހަގަކޮށްލެވެއެވެ. މި ފިލްމަށް މި ލިބުނު އެވޯޑާ އެކު 5000 ޔޫރޯގެ ފައިސާގެ އިނާމެއްވެސް ވަނީ ލިބިގެން ގޮސްފައެވެ.

މި ފިލްމް ބިނާކޮށްފައިވަނީ އެއްބަނޑު އެއްބަފާ ދެ ބެއިންގެ ދިރިއުޅުމުގެ މައްޗަށެވެ. ދޫނި ސަލާމަތްކުރުމާއި އެއަށް ފަރުވާދިނުމުގައި އެ ދެބެއިންގެ ދިރިއުޅުން ހޭދަކުރި ގޮތުގެ މައްޗަށް ހަދާފައިވާ މި ފިލްމަށް ތަޢުރީފް ކުރަމުން ޖަޖުން ބުނެފައިވަނީ ދުނިޔެ މިއަދު މިއޮތް ހާލަތުގައިވެސް، ދިރިހުރި ކޮންމެ އެއްޗަކީވެސް މުހިންމު އެއްޗެއްކަން މި ޑޮކިއުމެންޓްރީ އިން ދައްކުވައިދީފިކަމާއި އަދި މިއީ ވަރަށް އިބްރަތްތެރި ފިލާވަޅުތަކެއް ފޯރުކޮށްދިން ޑޮކިއުމެޓްރީ ފިލްމެއްކަމުގައެވެ.

މި އަހަރު ކުރީކޮޅު ބެއްވުނު ސަންޑާންސް ފިލްމް ފިލްމް ވަނީ ދަ ގްރޭންޑް ޖޫރީ ޕްރައިޒްވެސް ހޯދާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް