
ކިމްގެ ކުރީގެ ފިރިމީހާ އޭނާގެ އާއިލާއާއި ދޭތެރޭ ކަންތައްކޮށްފައިވަނީ ރަނގަޅަށް ނޫންކަން ޤަބޫލުކުރާ ކަމަށާއި އަދި އެކަމާ އޭނާ ވަރަށް ދެރަވެ މި އެޕިސޯޑުގައި މަޢާފަށް އެދުނެވެ.
މި ޝޯ ގެ އެންމެ ފަހުން ދެއްކި އެފިސޯޑްގައި މި ވާހަކަތައް ދެކެވިފައިވަނީ ކާންޔޭ ވެސްޓްގެ އައު ލަވައެއް ރިލީސްކުރަން އުޅޭކަން ކިމްއަށް އަނގުނު ހިސާބުންނެވެ. މި ލަވަ ކިމްއަށް އަމާޒުވެދާނެކަމަށް އޭނާ ޝައްކުކުރާކަން ވަނީ ހާމަކޮށްފައެވެ.
ކިމް އާއި ކާންޔޭގެ ކައިވެންޏަށް 4 ކުދިން ލިބިފައިވާއިރު ކާނެޔޭ ކިމްއާ ދޭތެރޭ ކަންތައްކުރަނީ ދަރިންގެ މަންމަޔާމެދު ފިރިހެނުންކަންތައްކުރާނެ ފަދައިން ނޫންކަމަށް ބުނެ ކްލޯއީވަނީ ވަރަށް ހަރުކަށި ބަސްތަކެއް ކާންޔޭއަށް އަމާޒުކޮށްފައެވެ.
އެ ކައިވެނީގެ ސަބަބުން މި އާއިލާއަށް އަސަރުކޮށްފައިވާ ކަން ޤަބޫލުކުރާ ކަމަށާއި މީގެ މީގެ ކުރިން އޭނާއަށް މަޢާފަށް އެދިފައި ނުވަނީ އެފުރުސަތު ލިބިފައި ނުވާތީ ކަމަށް ކިމް ބުނެފައިވެއެވެ. އަދި މިއީ އޭނާގެ ހަޔާތުގައިވެސް މި ހާ ހިތްވަރު ލިބުނު ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ދުވަހަކުވެސް އޭނާގެ އާއިލާއަށް ދެރައެއް ލިބެން ނޭދޭކަމަށާއި އަދި މީގެ ފަހުން ދުވަހަކުވެސް އެހެން މީހަކަށް އެފަދައިން އޭނާގެ އާއިލާއަށް ކަންތައްކުރުމުގެ ފުރުސަތު ނުދޭނެކަމަށް އޭނާވަނީ ބުނެފައެވެ.