ads
މާލޭގެ އިހުގެ މަންޒަރެއް
ހަގީގީ ހާދިސާ: މާލެއިން ފެނުނު "ބަބުރު ކުއްޖާ"
އެއީ 1970 ގެ އަހަރުތަކުގެ ތެ ކުރީކޮޅެވެ. ފަތިސް ނަމާދުން ފައިބައިގެން ގެއަށް އައިސް ފާތުމަ ހިނގައިގަތީ އޭނާގެ ރައްޓެހި އައިސަ ގޯއްޗަށެވެ. އައިސަ އާއި ފާތުމަ އަކީ ވަރަށްގާތް ދެއެކުވެރިންނެވެ. ފާތުމަ (އަސްލު ނަމެއް ނޫން) ގެ އުމުރަކީ 10 އަހަރެވެ. އައިސަ (އަސްލު ނަމެއް ނޫން) ގެ އުުމުރަކީ 9 އަހަރެވެ.

މިދެ އެކުވެރިންނަކީ އެއްއުރައެއްގައިވާ ދެ ކަނޑި ފަދައެވެ. ފާތުމަ ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދުން ފައިބާ ގޮތަށް އަވަސްވެގަންނަނީ އައިސަ ގޮވައިގެން ކުޅެންދެވޭތޯއެވެ. މިއަދު ވެސް ފާތުމަ މިސްކިތުން ފޭބުމަށްފަހު މަންމަ ކައިރީގައި ބުނެލިއެވެ.

"މަންމާ އަހަރެން މިދަނީ އައިސަ އާއިއެކު ކުޅެން ، މަންމަ ދޭ ދެން ގޯއްޗަށް، އަހަރެން ކުޅެނިމިގެން އަންނާނަން،" މަންމަ ބުނެލިއެވެ.

"ދަރިފުޅާ ފާތުމާ ގެޔަށް ގޮސް ސައި ބޮއެގެން ކުޅެން ދާންވީނުން،" ފާތުމަ މަންމައަށް ޖަވާބުދިނެވެ. 

"އަހަރެން ސައިބޯނީ ކުޅެނިމިގެން އައިއްސަ، ދެން ދަނީ އިނގޭ މަންމާ" މިހެން ބުނެފަ ފާތުމަ ހިގައިގަތީ އައިސަ ގޯއްޗާ ދިމާލަށެވެ.

ފަތިހުގެ ހަމަހިމޭން ކަމުގެ ހިތްގައިމު ކަމުން ފާތުމަގެ ހިތް އުފަލުން ފުރިގެންދާ ކަހަލައެވެ. މާލޭގެ މަގުތަކުގެ ހަމހިމޭން ކަމުން މުޅި މާލެ ނިދާފައިވާ ކަހަލައެވެ. 

އަވަސް ފިޔަވަޅު ތަކެއްގައި ބާރު ހިގުމެއްގައި ދުވެފައި ކަހަލަ ގޮތަކަށް ފާތުމަގެ މިސްރާބު ހުރީ އައިސަ ގޯއްޗާ ދިމާލަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ކުއްލިޔަކަށް ފާތުމައަށް މަޑުޖެހިލެވުނެވެ. ސަބަބުތަކެއް ނެތިއެއްނޫނެވެ. އެހެންނާ ނުފެންނަ މަންޒަރެއް އަދި ނުފެންނަ ސިފައެއް ފެނުމުންނެވެ. ކަޅުބަބުރެއް ކަހަލަ ކުޑަ ފިރިހެން ކުއްޖެކެވެ. ގެއެއްގެ ދޮރާށިމަތީގައި އިސްޖަހާލައިގެން ހުރި ކުއްޖެކެވެ. ފާތުމައަށް ބޭއިހްތިޔާރުގަ އެކުއްޖާއާއި ދިމާލަށް ހިގައިގަނެވުނެވެ. ނަމަވެސް ފެނުނު މަންޒަރުން އިތުރަކަށް އެއްމެ ފިޔަވަޅެއްވެސް ކުރިޔަކަށް ނޭޅުނެވެ. ކުއްޖާގެ ފައި ބިންމަތީގައި ނުޖެހި ހުރިތަން ފެނުމުންނެވެ. ފާތުމަގެ ހިތް އަވަސްވެ، ބޭއިހްތިޔާރުގައި ދުއްވައި ގަނެވުނެވެ.

ދުވެފައި ގޮސް އައިސަ ގޯއްޗަށް ވަދެ އައިސައަށް ގޮވާލިއެވެ. ފާތުމަ ހުރީ ބިރުން ތުރުތުރު އަޅައަޅައެވެ. ކިހިނެއްވީ މާބާރަށް ތިޔަ ގޮވަނީ މިހެން ކިޔަމުން އައިސަ ގެއިން ނިކުތެވެ. ނަމަވެސް ފާތުމަ ފެނިފަ ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އައިސައައް އެގުނެވެ. ވީގޮތެއް ނުބުނެ ފާތުމަ އައިސަގެ އަތުގައި ހިފައިގެން ހިގައިގަތެވެ.

" ކޮންތާކަށް ތިދަނީ؟ ކިހިނެއްވީ؟" އައިސަ އަށް އަހާލެވުނެވެ. 

ހިގާބަލަ މަށާއެއްކޮށް މަ ކަލެއަށް އެއްޗެއް ދައްކާލާނަން، ބާރަށް ވާހަކަ ނުދައްކައްޗޭ ފާތުމަ ބުނެލިއެވެ. ފާތުމައަކީ އައިސަގެ އެންމެގާތް އެކުވެރިޔާއަށް ވުމުން އައިސަ އިތުރަށް ސުވާލު ނުކޮށް ފާތުމައާއި އެއްކޮށް ހިގައިގަތެވެ. އެއްކަލަ ކުއްޖާއާއި ތަންކޮޅެއް ދުރުގައި މަޑުކޮށްލުމަށްފަހު އައިސަ ކައިރީގައި ފާތުމަ ބުނެލިއެވެ. 

ނިކަން އެދިމާލަށް ބަލާލަބަލަ އައިސަ އެދިމާލަށް ބަލާލިއެވެ. އަދި ބުނެލިއެވެ." އެކޮން ކުއްޖެއްތަ؟ ހާދަ ކަޅު ކުއްޖެކޭ، އަހަރެން ދުވަހަކުވެސް ނުދެކެން މިހާ ކަޅުކުއްޖެއް". މިހެން ބުނެލުމާއިއެކު އައިސަ އެކުއްޖާއާއި ދިމާލަށް ހިނގައިގަތެވެ. އޭ އައިސާ ނުދޭބަލަ އެކުއްޖާގެ ފައި ބިންމަތިގަ ނުޖެހެޔޭ ،ފާތުމަ މިހެން ބުނެލުމާއި އެކު އައިސައަށް އެކުއްޖާގެ ފަޔަށް ބަލާލެވުނެވެ. ގަތް ބިރުން ގުޑިވެސްނުލެވުނެވެ. ހަމައެވަގުތު އައިސައައް ބަލާލެވުނީ އެކުއްޖާގެ މޫނަށެވެ.

ރަތްކުލައިގެ ދެ ލޯ ހުރީ ދިއްލިފައެވެ. އެމަންޒަރު ފެނުމާއި އެކު އައިސަ ހޭނެތިގެން ވެއްތުނީއެވެ. 

ފާތުމަވެސް ހުރީ ބިރުންގޮސް ގޮތް ހުސްވެފައެވެ. ވެއްޓިފައޮތް އައިސަގެ އިސްތަށިގަނޑުގައި ހިފައި ދަމަމުން ގޮސް އައިސަ ގޯއްޗަށް އައިސަ ވެއްދިއެވެ.

 މަންމާ ނިކަން އަވަހަށް އާދެބަލަ، މަންމަ ދުވެފައި ކަހަލަ ގޮތަކަށް ގެއިން ނިކުމެގެން އައެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން މަންމައަށް އިހްސާސްވިކަހަލައެވެ. 

"މަގޭ ދަރިފުޅަށް ކިހިނެއްވީ؟" ބިންމަތީގައި އޮތް އައިސަ ފެނިފައި މަންމަ ރޯންފެށިއެވެ.

 އަވަހަށް އައިސަ ނަގައިގެން ގޭތެރެއަށް ވައްދާ އެނދުގަ ބޭއްވުމަށްފަހު އައިސަ ހޭލެއްވޭތޯ މަސައްކަތް ފެށިއެވެ. ހަމައެވަގުތު ވީގޮތް ފާުތުމަ މަންމައަށް ކިޔައިދިނެވެ.

"ސުބްހާނަﷲ މަގޭ ދަރި" މިހެން ބުނެ މަންމަ އަވަސްވެގަތީ މުދިންބެ ގެނެވޭތޯއެވެ. 

އައިސަގެ ބައްޕަ މުދިންބެ ގެނެސް ވީގޮތް އޮޅުންފިލުވައި ދިނުމަށްފަހު ދަރިފުޅު ސަލާމަތް ކޮށްދިނުމަށް އެދުނެވެ. މުދިންބެ ކިޔެވެލި ކިޔެވުމަން އައިސައަށް ހޭވެރިކަންވިއެވެ.

 ނަމަވެސް ހަމަޖެހޭ އެއްވެސް ވާހަކައެއް އައިސައެއް ނުދައްކައެވެ. އައިސަ ތެޅިފޮޅެނީއެވެ. އެއްވެސް މީހަކަށް ހިފަހައްޓާ ނުލެވުނެވެ. މުދިމަށް މަޖްބޫރުވީ އައިސަ އެނދުގަ އައްސާފަ ބޭއްވުމަށެވެ. ފާތުމަ ރޯންފށިއެވެ. އަދި އަމިއްލަ ނަފްސު ކުއްވެރި ކުރެވެން ފެށުނެވެ. 

"އަހަންނަށް އައިސަ ގޮވައިގެން ގޮސް އެކުއްޖާ ނުދެއްކުނުނަމަ މިހެން ނުވީސް، އަހަރެން ބޭނުން އަހަރެންގެ އެކުވެރިޔާ ސަލާމަތް ކުރަން.....އައިސަ އަހަރެންގެ އެކުވެރި އައިސަ އަހަންނަށް މާފްކުރޭ.،" ފާތުމަހިތާހިތާ ބުންޏެވެ. 

-ނިމުނީ-


33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް