ads
ނ އަތޮޅުގައި ރިސޯޓް ތަރައްގީކުރަމުން އަންނަ ރަށެއް
ނ ދިއްދޫގައި ލަގްޒަރީ ވިލާ އަޅައި ޓޫރިޒަމަށް ހާއްސަ ކުރަނީ: ޓޫރިޒަމް މިނިސްޓަރު
ނ އަތޮޅުގައި ފަތުރުވެރިކަމަށް ކުރިއެރުން ހޯދައި ދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، ނ ދިއްދޫގައި ލަގްޒަރީ ވިލާ އަޅައި ޓޫރިޒަމަށް ހާއްސަ ތަނެއްގެ ގޮތުގައި ހަމަޖައްސަން މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބުދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ނޫނު އަތޮޅު ވެލިދޫ ކައިރީގައި އޮންނަ ރާފުށްޓާއި، ދިއްދޫ ފަތުރުވެރިކަމަށް ހާއްސަ ކޮށްގެން ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. 

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި މި ދެރަށުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުއް ޝަފީގު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ އަބުދުﷲ މައުސޫމް ވިދާޅުވީ ނ އަތޮޅުގައި ފަތުރުވެރިކަމަށް ހާއްސަ އިސްކަމެއް ދެއްވުމަކީ ސަރުކާރުގެ ވިސްނުންފުޅެއް ކަމަށެވެ. 

"ދިއްދޫ" އަކީ ޕްލޭނިންގ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ. އެރަށުގެ އެއްބައި ޓޫރިޒަމް ތަރައްގީކުރަން ހާއްސަ ކޮށްފައިވާއިރު އެރަށުގެ އަނެއްބައި ވަނީ ދަނޑުވެރިކަމަށް ހާއްސަކޮށްފަ އެވެ. 

މައުސޫމް ވިދާޅުވީ ދިއްދޫ އަކީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ރަށެއް ނޫންކަމަށެވެ. ނަމަވެސް ދިއްދޫގައި ލަގްޒަރީ ވިލާ އަޅާފަ ރެސިޑެންޝަލް ޓޫރިޒަމް ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ވިސްނުމެއް ކަމށޭވެ. އެހެން ކަމުން ޕްލޭނިން މިނިސްޓްރީން މިކަމަށް ވަރަށްބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. 

ނ.ދިއްދޫ އެ ބަނޑައިދިއްދޫ އަކީ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ރަށެއް ނޫން. އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތެއް ލަގްޒަރީ ވިލާ އަޅާފަ ރެސިޑެންޝަލް ޓޫރިޒަމް ކުރިއަށްގެންދިއުން. އެހެންވީމަ އެރަށުގެ އެެއްބައި ހައުސިން ޕްރޮޖެކްޓާއި ގުޅުވައިގެން ހައުސިން ވިލާ އެޅުމަށް ވަނީ ޕްލޭނިން މިނިސްޓްރީން ވަނީ ބިންދފޫކޮށްފަ. ދެން އެރަށުގެ އެއްބައި އެބޮތް އެގްރިކަލްޗަރަށް ދީފަ ވެސް. އެގްރިކަލްޗަރަށް އޮންނަ ބައިވެސް މި ބަލަނީ ޓޫރިޒަމަށް ބަދަލުކުރެވެންޏާ ބަދަލުކޮށްގެން ކުރިއަށް ގެންދަން." މަޖިލީހުގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.  

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަށް ހާއްސަކޮށްގެން ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތް ނުފެށި ލަސްވުމަކީ އެންމެންގެވެސް ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ރަށްތައް ބަލަމުން ގެންދަވާ ކަމަށެވެ. 

"ރަށްތައް ނުހެދި ލަސްވުން އެއީ އެންމެންގެ ކަންބޮޑުވުން އޮތް ކަމެއް. ސަރުކާރުގެވެސް ކަންބޮޑުވުން އޮތް ކަމެއް. އެމަގަށް އެރަށްތައް ހެދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުންދާ ކަމެއް." ޓޫރިޒަމް މިނިސްޓަރ ވިދާޅުވި އެވެ.

ނ. ރާފުށްޓާއިބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެރަށުގެ މަސައްކަތް ނުފެށި ލަސްވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހިމެނޭ ރަށަކަށް ވުމުން ބަލަންޖެހޭ އިތުރު ބެލުންތަކެއް ބެލުމުގައި ލަސްތަކެއް ހުރީ ކަމަށެވެ. ނަމަވެސް މިހާރު އެރަށް ކުއްޔަށް ނަގާފައިވާ ފަރާތުން އެރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. 

"ނ.ރާފުށްޓަކީ މަޝްހޫރު އެމްއެމްޕީއާރުސީގެ ކޭސްގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް. އެކަމުގެ އިޖުރާއަތްތަކެއް ފުރިހަމަ ކުރަން ބޭނުންވާތީ ވަގުތުކޮޅެއް ނަގަނީ. މިބަލަނީ ދާދި އަވަހަށް އެރަށުގެ ކެންސެޕްޓު ހުށައެޅި މަސައްކަތް ފެށޭނެ ކަމުގަ." ޑރ މައުސޫމް ވިދާޅުވި އެވެ.

ނ ރާފުށި ކުއްޔަށް ނަގައިގެން ފަތުރުވެރިކަމުގެ ގޮތުގައި ތަރައްގީ ކުރަނީ "އޭސް ރިސޯޓް ޕްރައިވެޓް ލިމިޓެޑް" އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް