ކުރިން މާލޭ ސިޓީގެ ފުލުހުންގެ އެންމެ އިސްވެރިޔަކަށް ހުންނެވީ ފުލުހުންގެ މީޑިޔާގައި މަސައްކަތްކުރެއްވި ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަހްމަދު ޝިފާން އެވެ.
ފުލުހުންގެ އިސް މަގާމުތަކަށް މިއަދު ގެންނެވި ބަދަލާއެކު ޝިފާން ވަނީ އައްޑޫ ސިޓީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލީސިން އެންޑް ލޯ އެންފޯސްމަންޓު (ޕޮލިސް އެކަޑަމީ)ގެ އިސްވެރިއަކަށް ހަމަޖައްސާފަ އެވެ.
އެޕްލައިޑު ޕޮލިސިން ސެންޓަރުގެ އިސްވެރިޔަކަށް މިއަދު ވަނީ ހައި ވިޒިބިލިޓީ ޕޮލިސިންގެ އިސްވެރިޔަކަށް ކުރިން ހުންނެވި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސަބާހު އެވެ.
މުޙައްމަދު ޞަބާހު ކުރިން ހުންނެވީ ހެޑް އޮފް ހައި ވިޒިބިލިޓީ ޕޮލިސިންގ ޔުނިޓުގެ މަގާމުގައެވެ.