
އަމީރުލް ހައްޖަކީ ހައްޖަށްދާ މީހުންގެ ކަންކަން އެންމެ ގާތުން ބެލުމަށް ހައްޖަށް މީހުންދާ ކޮންމެ ފަހަރަކުވެސް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ހަޖަމައްސަވާ ބޭފުޅެކެވެ.
ނިމިގެންދިޔަ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ދުނިޔޭގެ ގައުމުތަކުން މައްކާއަށް ގޮސްފައެއް ނުވެ އެވެ. އެހެންކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނުފަހުން މިއަހަރަކީ ހައްޖަށް މީހުން ފޮނުވާ ދެވަނަ ފަހަރެވެ.
މިދިޔަ އަހަރު ރައީސް ސޯލިހުގެ ފަރާތްޕުޅުން އަމީރުލް ހައްޖުގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ
މިފަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއަށް 453 ކޯޓާ ސައުދީ ސަރުކާރުން ދީފައިވެ އެވެ.
ދިވެހި ރާއްޖެއިން ހައްޖަށް މީހުން ފޮނުވުމާޢި މި އިންތިޒާމުތަކުގެ އެންމެހައި ކަމެއް ހަޖައްސާފައިވަނީ ހައްޖު ކޯޕަރޭޝަނުންނެވެ.