ads
ބީއެމްއެލް ޕީއޯއެސް މެޝިން
ކައިންޑްލީ ބައި ބީއެމްއެލް: ރާއްޖޭގެ ފުރަތަމަ ކްރައުޑް ފަންޑިން ޕްލެޓްފޯމް
"ކައިންޑްލީ ބައި ބީއެމްއެލް"ގެ ނަމުގައި ރާއްޖޭގެ ފުރަތަމަ "ކްރައުޑްފަންޑިން" ޕްލެޓްފޯމް މިއަދު ތައާރަފުކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ތައާރަފްކުރި މި ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތް ޖަމިއްޔާތަކުން އިޖުތިމާއީ ކަންކަމަށް ބޭނުންވާ ފަންޑު ހޯދަން ބޭނުންކުރެވިދާނެ ޕްލެޓްފޯމެކެވެ. 

"ކައިންޑްލީ" ޕްލެޓްފޯމް ބޭނުންކޮށްގެން އެންޖީއޯތަކުން ފައިސާ ބޭނުންވާ ކަންކަމުގެ ކެމްޕެއިން ހިންގޭނެ އެވެ. މި ޕްލެޓްފޯމު ފަރުމާކޮށްފައިވަނީ އެއްފަހަރާ ގިނަ ކެމްޕެއިންތަކެއް ހިންގާ، ފަސޭހައިން ރިޕޯޓުތައް ނެގޭ ގޮތަށެެވެ.

މި ޕްލެޓްފޯމްގައި ރެޖިސްޓާ ކުރެވެނީ ހަމައެކަނި ރާއްޖޭގައި ހިންގާ އަދި ރެޖިސްޓާ ކޮށްފައިވާ އެންޖީއޯތަކަށެވެ.

"ކައިންޑްލީ" ޕްލެޓްފޯމަކީ ބީއެމްއެލް އަށް 40 އަހަރު ފުރޭތީ، މަހަކު އެއްފަހަރު ތައާރަފުކުރަމުން އަންނަ އިޖުތިމާއި ގޮތުން ފައިދާ ހުރި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް