ޝާލޫ ދި ޓްރެއިނާގެ ނަމުން މަޝްހޫރު ޝާމިލާ އަހުމަދު އަށް އޭނާގެ ކެރިއަރުގައި އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ ދަތުރުފަތުރުކުރަން ކަން އޭނާ ހާމަކޮށްފިއެވެ.

Advertisement
މަސައްކަތުގައި އެންމެ ދަތިވަނީ ކޮންކެމެއްތޯ ސީއެންއެމްއިން ސުވާލުކުރުމުން ޝާލޫ ބުނީ ދަތުރުފަތުރުކުރުން ކަމަށެވެ.
ޝާލޫ ބުނީ އެނާ ދަތުރުކުރަނީ އާއިލާއާއެކު ކަމަށެވެ.
"ފެމިލީއާއެކު ދަތުރުކުރާއިރު ވަރަށް ބޮޑަށް މޫސުމަށް ބަލަންޖެހޭ. އެކަމަކު އެ ދެވޭތަނަކަށް ދެވުނީމަ ލިބޭ ތަރުހީބުން ވަރަށް އުފާވެ،" ޝާލޫ ބުންޏެވެ.
ސީއެންއެމްއަށް މިއަދު އިން އެކްސްކުލޫސިވް އިންޓަވިއު އެއްގައި ޝާލޫ ބުނީ ހަމައެކަނި "އެއް ގަޑީރު ކަޝްރަތު ކޮށްލާނަމޭ" ހީކޮށްގެން މަސައްކަތްކުރުން ބުއްދިވެރި ނޫންކަމަށެވެ.
ޝާލޫ ދި ޓްރެއިނާ ދިން ނަސޭހަތަކީ ކޮންމެ މީހަކު ސިއްހަތޭ ބުނުމުން ކަޝްރަތާއި ހަމައިން ދޫކޮށް ނުލުމެވެ.
"ކަސްރަތާއެކު އެބަޖެހޭ ރަނގަޅަށް ކާން. ހަމައެކަނި ކަޝްރަތަށް މީހާ ބަރޯސާވެ ދޫކޮށްލުމުގެ ބަދަލުގަ. ކެއުމުގެ އާދަތަކާ ނިދުމުގެ އާދަތާ. ފެން ބޯނެ ގޮތާ. މި ހުރިހާކަމެއް އެއްވެގެންނޭ. އަސްލު ފިޓްނަސް އަށް މި ދެވެނީ. އެހެންވީމަ ނުވިސްނާށޭ އަހަރެން ކުރަނީ އެއްގަޑީރުގެ ކަސްރަތޭ،" -ޝާލޫ ދި ޓްރެއިނާ-
މީހާގެ އުޅުމަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ވެސް ޝާލޫ ބުންޏެވެ.
"އެ ބަދަލުތަކާއެކު ﷲ ގެ އިރާދަ ފުޅާއެކު ވާސިލް ވާނޭ ވަރަށް އަވަހަށް،" -ޝާލޫ-
ޝާލޫ ބުނީ އެނާ ކުރާ ދަތުރުތަކުގައި އަންހެންވެރިންނަށް އަމިއްލަ ހަށިގަނޑާ ގުޅޭ މައުލޫމާތު އެނގިފަ ހުންނަވަރުން އޭނާ ވަރަށް އުފާވާކަމަށެވެ.