މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ސީއީއޯ ހާނީ ސާލެމް އެވެ. މި އެއްބަސްވުމުގައި ސޮއިކުރީ މިސްރުގެ ޝަރަމުއްޝެއިހުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.
އައިއެސްޑީބީ އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ވެސް އެސްޓީއޯ އަށް މީގެ ފެސިލިޓީއެއްގެ ދަށުން ފައިނޭންސިން ހަމަޖައްސާދީފަ އެވެ. އެފަހަރު ދިނީ 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އެވެ. އެއީ ވެސް ތެލާއި ކާޑު ގަންނަން ނިމުނު އަހަރުގެ ތެރޭގައި ހަމަޖެއްސި ފެސިލިޓީއެކެވެ.