ads
ފިހާރައެއްގައި ވިއްކަން ހުރި އެއްގަމު މަސް:-
ދުނިޔޭގެ ބާޒާރުގައި ގޮދަނާ އެއްގަމު މަހުގެ އަގު ރެކޯޑް އަދަދަކަށް އަނެއްކާ ވެސް އުފުލިއްޖެ
ދުނިޔޭގެ ބާޒާރުގައި ގޮދަނާ އެއްގަމު މަހުގެ ބާވަތްތަކުގެ އަގު އަނެއްކާ ވެސް އުފުލިއްޖެ އެވެ.

އދ ގެ ފުޑް ޕްރޮގްރާމުން މިއަދު އާންމުކުރި އިންޑެކްސް ދައްކާގޮތުން، މިދިޔަ މަހާއަޅާބަލާއިރު ގޮވާމުގެ އަގު ވަނީ % 5.6  އުފުލިފައެވެ. އެއްގަމު މަހުގެ އަގު ވެސް % 2.2 މައްޗަށް ވަނީ ގޮސްފައެވެ. 

ގޮވާމުގެ ބާވަތްތަކުގެ އަގު މިހާ މައްޗަށް ދިޔައީ އަވަށްޓެރި އިންޑިއާއިން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުން ހުއްޓުވާލާފައިވާތީއެވެ.

މިތަކެތީގެ އަގު އުފުލުނު ނަމަވެސް، މާރިޗު މަހާ އަޅާބާލާއިރު އެހެން ބާވަތްތަކުގެ އަގު ވަނީ ކުޑަކޮށް ދަށަށް ގޮސްފައެވެ. ނަމަވެސް އާންމުކޮށް މީހުން ގަންނަ ތަކެތީގެ އަގު ހުރީ މިދިޔަ އަހަރަ އާޅާ ބަލާއިރު 22 އިންސައްތަ މަތީގައެވެ. 

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން އަންނަނީ ރަޝިޔާއިން ޔޫކްރެއިން އަށް އަރައި ކުރަމުން އަންނަ ހަނގުރަމައާއި ގުޅިގެންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެސް ވަނީ އުފުލިފައެވެ. ތެލުގެ އަގު އުފުލުނީ ރަޝިއާއިން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ އަގު މަދުކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ނިންމުމާގުޅިގެންނެވެ. ރަޝިއާއިން ނެރޭ ތެލުގެ މިންވަރު 90 އިންސައްތަ ދަށަށް ދާނެއެވެ. އީޔޫއިން މިގޮތަށް ނިންމުމާއި ގުޅިގެން މިހާރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 122.30 އެމެރިކާ ޑޮލަރަށް އުފުލިފަ އެވެ. އަދި ކުރިއަށް ހުރި މަދު ދުވަސްތަކުގެ ތެރޭ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގި 154 އެމެރިކާ ޑޮލަރަށް ބޮޑުވެގެން ދާނެ ކަމަށް މަސްރަހު ވަނީ ލަފާ ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް