ads
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ދައުވާ އުފުލާފައިވާ އަދުހަމް އަހުމަދު ރަޝީދު
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ: ދައުވާތަކުގެ ކުރު ހުލާސާ
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުން މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައިވާއިރު، މި އަޑުއެހުންތަކުގެ ކުރު ހުލާސާއަކަށް ބަލައިލާނަމަވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިޔާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު ވިދާޅުވީ މާދަމާ ކުރިއަށް ގެންދާ ޝަރީއަތަކީ މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދަން ތާވަލް ކުރި ޝަރީއަތެއް ކަމަށެވެ. އެދުވަހު ޝަރީއަތް ކުރިއަށް ނުގެންދެވުނީ މޫސުން ގޯސްވުމުންނެވެ. 

މި މައްސަލައިގައި އެންމެ ފުރަތަމަ ދައުވާ ކޮށްފައިވަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް، މ. ކުދެހިގެ އިސްހާގު އަހުމަދު، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި އޭނާއަށް ފިލަން އެހީވި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ސައިކަލުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ބުނާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ. ނަމަވެސް ފަހުން އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވިއެވެ. އެއީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ވަނީ ވަކިވަކިން ދައުވާތަކެއް އުފުލާފަ އެވެ. 

ދައުލަތުން މި މީހުންގެ މައްޗަށް އުފުލާފައިވާ ބައެއް ދައުވާ ތަކަކީ:

  • ތަހުމީން އަހްމަދާއި އަލީ ހައިޝަމާއި މުޖާޒް އަހްމަދުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއިދު ކުރުމުގެ ދައުވާ
  • ތަހުމީނު އަހުމަދާއި އަލީ ހައިޝަމްގެ މައްޗަށް ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ
  • މުޖާޒު އަހްމަދުގެ މައްޗަށް އުފުލާފައިވާ ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ
  • ފަހުމީ އަލީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ
  • މުހައްމަދު ނާޒިމާއި އިސްހާގުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ
  • އިސްހާގުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ

 މާދަމާ ހެނދުނު ޝަރީއަތް ފަށަން ހަމަޖެހިފައިވަނީ 10:00 ގަ އެވެ. މި ދައުވާތައް ކުރިއަށްގެންދަނީ ދެ އަޑުއެހުމެއްގެ ގޮތުގަ އެވެ. 

ކްރިމިނަލް ކޯޓުން ބުނީ މާދަމާގެ އަޑުއެހުމުގައި އޮންނާނީ ދެފަރާތުންވެސް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ވާހަކަ ދެއްކުން ކަމަށެވެ. 

ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ގޮތެއް ނުނިމި ލަސްވާތީ އެމަނިކުފާނުގެ އާއިލާއިންވެސް އަދި ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް