ads
ޕީއެސްއެމްގެ ބޯޑު މެންބަރުންނާއި ރައީސް ސޯލިހް ބައްދަލުކުރައްވަނީ
"100 މިލިއަން ރުފިޔާގެ ހިޔާނާތް ފޮރުވަން ޕީއެސްއެމް އެތެރޭގައި ބާރުގަދަ ބަޔަކު އެބަތިބި"
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އޮޑިޓް ޑިޕާޓްމަންޓަށް ތުހުމަތު އަމާޒުކޮށް އެ ޑިޕާޓްމަންޓް އުވާލިއިރު 100 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ހިޔާނާތް ފޮރުވަން ބާރުގަދަ ބަޔަކު އެ ކުންފުނީގެ އެތެރޭގައި އެބަތިބިކަމަށް އެ ޑިޕާޓްމަންޓްގެ ޗީފް އިންޓާނަލް އޮފިސަރރު ގޮތުގައި ކުރިން މަސައްކަތްކުރި އަހުމަދު ފަޒީލް ބުނެފި އެވެ.
Advertisement

މިމައްސަލައަށް "ސީއެންއެމް" އަށް މައުލޫމާތުދެމުން ފަޒީލް އެންމެ ބޮޑަށް ފާހަގަކުރީ ޕީއެސްއެމްގެ ހިޔާނާތް ފޮރުވުމަށް ބޯޑުގެ މެންބަރުން ދެކޮޅުހަދަން އުޅޭކަމަށް ފާހަގަކުރެވޭ ވާހަކަ އެވެ. 

އޭނާ ބުނީ ހިޔާނާތާ ގުޅޭ 30 މައްސަލައެއް ނުބަލައި އޮޑިޓް ޑިޕާޓްމަންޓް އުވާލީ ހިޔާނާތުގެ މައްސަލަތައް ނުބަލަން ވެގެންކަމަށެވެ. 

ފަޒީލް ބުނީ ޕީއެސްއެމްގެ އޮޑިޓެއް އެކުލަވާލުމަށް 2021 ވަނަ އަހަރު އޮޑިޓް ޑިޕާޓްމަންޓެއް އެކުލަވާލި ކަމަށާއި، އޮޑިޓް ޑިޕާޓްމަންޓުން ޕީއެސްއެމްގެ 30 މައްސަލައެއް ބެލުމަށްފަހު 14 ރިޕޯޓެއް މި މައްސަލަތަކާއި ގުޅިގެން ޕީއެސްއެމްގެ ބޯޑަށް ހުށަހެޅި ކަމަށެވެ. 

"ކުންފުނީގެ އެތެރޭގައި އެބަތިބޭ ފުދޭ ވަރަކަށް ބާރުގަދަ ބަޔަކު. ބޯޑުގައި ތިބި ބައެއް މީހުން މިތިބީ މިކަން ފޮރުވަންހެން މި ބެލެވެނީ."- ފަޒީލް -

ފަޒީލް ބުނީ މި މައްސަލަތައް ބެލުމަށް ކުންފުނީގެ ބޯޑަށް ހުށަހެޅުމުން ބޯޑުން މިކަންކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާ ކަމަށެވެ. އަދި ބުނީ އޮޑިޓް ކޮމެޓީވެސް ކުންފުނީގެ ބޯޑުން އުވާލުމަށްފަހު އޮޑިޓް ބޯޑުގައި ތިއްބެވި ތިން މީހުން ވަޒީފާއިންވެސް ވަކިކަމަށެވެ.

"އަޅުގަނޑުމެން މި މައްސަލަ ވަރަށް ސާފުކޮށް ބަލައިދިނުމަށްއެތައް ފަހަރަކު ބޯޑުގައި ވެސް އެދުނިން. އެންމެފަހުން މިވީ ގޮތަކީ އޮޑިޓް ޑިޕާޓުމަންޓު ވެސް ބޯޑުގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށް އުވާލުމަށްފަހު އެތަނުގެ ވަޒީފާގައި ތިބި 3 މީހުން ވެސް ވަޒީފާއިން ވަކިކުރީ." ފަޒީލް ބުންޏެވެ. 

 

އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ފަޒީލް ފާހަގަކުރީ ޕީއެސްއެމް އިން ތިލަފުށީގައި ހިންގަމުންގެންދާ މީޑިއަމް ވޭވް ޕްރޮޖެކްޓެވެ. ވިދާޅުވީ މި ޕްރޮޖެކްޓަކީ ޑިޒައިން ބިލްޑް އުސޫލުން ސްރީލަންކާގެ "ޓާންތުރި" ކިޔާ ކުންފުންޏަކާއި ހަވާލުކޮށްގެން ތިލަފުށީގައި ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ. ފަޒީލް ބުނީ މި ޕްރޮޖެކްޓަކީ 2017 ވަނަ އަހަރުގައި ނިންމަޖެހޭ ޕްރޮޖެކްޓެއް ކަމަށެވެ. ނަމަވެސް އަދިވެސް މި ޕްރޮޖެކްޓް ތިލަފުށީގައި ކުރިއަށްދާ ކަމަށެވެ. ފަޒީލް ބުނީ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ 5 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

"އަގަށްބަލާއިރު އެންމެ ބޮޑީ ލަންކާގެ ޓާންތުރި ކުންފުޏާ ހަވާލުކޮށްގެން ތިލަފުށީގައި ހިންގާ މީޑިއަމް ވޭވް ޕްރޮޖެކްޓް. މީ 2017 ވަނަ އަހަރު ނިންމަންޖެހޭ ޕްރޮޖެކްޓެއް. އަދިވެސް މިއަދުވެސް އެ ކުރިއަށްގެންދަނީ. އެއީ ގާނޫނާ ހިލާފު ކަމެއް." -ފަޒީލް -

ދެވަނަ މައްސަލައެއްގެ ގޮތުގައި ފަޒީލް ފާހަގަ ކުރެއްވީ ޕީއެސްއެމްގެ އާކައިވް ޕްރޮޖެކްޓަށް 3 މިލިއަން ޑޮލަރު ހަރަދު ކުރި ވާހަކަ އެވެ. ބުނީ މި ޕްރޮޖެކްޓް ދީފައިވަނީ މެލޭޝިއާގެ ކުންފުންޏަކަށް ކަމަށެވެ. އަދި ބުނީ މިހާތަނަށް ޕީއެސްއެމްއިން އެއްވެސް ވަރަކަށް މެލޭޝިއާގެ ކުންފުންޏަށް ފައިސާ ދީފައި ނުވާ ކަމަށެވެ. އަދި މި ކުންފުނިން އެއްވެސް ވަރަކަށް އާކައިވް ކުރުމުގެ މަސައްކަތް ވެސް ކޮށްފައި ނުވާ ކަމަށެވެ. 

"3 މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓަކީ ވަކި މުއްދަތަކަށް އެއްބަސްވުމެއްގެ ދަށުން މެލޭޝިއާ ކުންފުންޏަކަށް ހަވާލުކުރި ކަމެއް. އެއްވެސް އާކައިވްއެއް ނުހަދާ. އެއްވެސް ފައިސާއެއް އެ މީހުންނަކަށް (މެލޭޝިއާ ކުންފުންޏަކަށް) ވެސް ނުދޭ. އެކަމަކު ފައިސާތައް ވީ ހިސާބެއް ނެތް އެނގޭކަށް." ފަޒީލް ބުންޏެވެ. 

ފަޒީލް ބުނީ އޮޑިޓް ޑިޕާޓްމަންޓް އުވާލުމަށްފަހު މަސައްކަތްކުރި 3 މީހުން ވަޒީފާއިން ވަކިކުރީ 3 މަސްދުވަހުގެ ނޯޓިސްއެއް ދީފައިކަމަށެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް