ads
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
ނުވަ އަހަރު ކުރިން އަލީ ހުސެއިން ދެއްކި ވާހަކަ މިއަދު
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން، ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރީ ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވަރަށް މުހިއްމު ވާހަކަފުޅެއް ވިދާޅުވިއެވެ.
Advertisement

އެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވެފައިވަނީ ފަސް އަހަރު ފަހުން، އެގާރަ އަހަރު ފަހުން އަންނަ ސަރުކާރެއްގައި މޯރަލް ސްޓޭންޑް ނަގައިގެން އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށެވެ. އަލީ ހުސެއިން އެދުވަހު އެހެން ވިދާޅުވީ، އޭރުގެ ހާލަތަށް ބަލައި، މުސްތަގުބަލާ މެދު ފުންކޮށް ވިސްނަވާފައިކަން މިއެނގެނީ މިއަދުއެވެ.

މިއަދު ހަނދާން ނައްތާލައިގެންނުވާނެ މީގެ ފަސް އަހަރެއް ފަހުން ނުވަތަ 11 އަހަރެއް ފަހުން މި ތަނަށް އަންނަ، ވެރިކަމަށް އަންނަ ބަޔަކު ކޯޓުތައް ހަދައި، މަގުމަތީގައި ކޯޓު ހަދައި، ފާޑުފާޑު ކޯޓު ހެދީމާ މި ތަނުގައި ތިބި އެއްވެސް ސިޔާސީ ޕާޓީއަކަށް އެ ދުވަހަކުން މޯރަލް ސްޓޭންޑު ނަގާފައި ވާހަކައެއް ނުދެއްކޭނެ. އެ ވާހަކަ ދެއްކޭނެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ. އެހެން ވީމާ، މިއަދު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި، ދަރީންގެ ދަރިންނަށްޓަކައި މިކަމާ މެދު މިއަދު އަޅުގަނޑުމެން މި ވޯޓުން؛ އާދެ، އުއްތަމަ ފަނޑިޔާރާ އަދި ދެން ހުރި ފަނޑިޔާރު އަޅުގަނޑުމެންނަށް ސަލާމަތް ކުރަން އެބަ ޖެހޭ. ކޮންމެހެން އެ ދެ ބޭފުޅުން ސަލާމަތް ކުރާކަށް ނޫން. އަޅުގަނޑުމެން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް އެގޮތަށް ވަކިކުރެވިގެންނުވާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރާތީ މި ވާހަކަ މި ދައްކަނީ.

އެ ދުވަހުގެ ޖަލްސާގައި އަލީ ހުސެއިން ފާހަގަ ކުރެއްވީ، މިއަދެކޭ ދާދި އެއް ކަހަލަ ކަމެކެވެ. އެ ދުވަހު ޖޭއެސްސީން ހެދި ރިޕޯޓެއްގެ އަލީގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރީ، އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރި ޕީޕީއެމުން ނެވެ. މިއަދު މެޖޯރިޓީ ކޮންޓްރޯލް ކުރާ އެމްޑީޕީން ވެސް ތައްޔާރު ވެފައިވަނީ އެ ދުވަހެކޭ އެއް ގޮތަށް ޖޭއެސްސީން ތައްޔާރު ކުރި ރިޕޯޓެއްގެ އަލީގައި، އެ ރިޕޯޓުގައި ބުނެފައި ނު ވެސް ނެތް ކަމެއް ކުރާށެވެ. ހުދު އެމްޑީޕީގެ ސީނިއަ ބައެއް މެންބަރުންނަށް ވެސް ގޮން ޖަހައި އެ ޕާޓީން ވަނީ ހައިކޯޓުގެ ފަނޑިޔާރަކު ވަކިކުރަން ތްރީ ލައިން ވިޕެއް ނެރެފަ އެވެ.

އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް ހައިކޯޓުގެ ފަނޑިޔާރަކު ވަކި ކުރުމަށް އެޖެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާއިރު އެ ފަނޑިޔާރު ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނު އަސާސީއާ ޤާނޫނުތަކާ ހިލާފަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް