އޭނާ ކޮވިޑް 19 އަށް ޕޮރިޒިވް ވެފައިވަނީ އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ އުފަންދުވަހުގެ ޕާޓީން ނެވެ.
ކެޓްރީނާގެ އިތުރުން އިތުރުން ވެސް، ޝާހުރުކް ހާން އާއި، އަދިތިޔާ ރޯއީ ވެސް ވަނީ އެ ޕާޓީއަށް ދިއުމަށްފަހު ކޮވިޑް ޖެހިފައިވާކަން އިއުލާނުކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުން އޭނާގެ ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން 55 ވަަރަކަށް މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.
މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ 50 ވަނަ އުފަންދުވަހުގެ ޕާތީއަށް 120 މީހުންނަށް ދައުވަތު ދިނެވެ.
އެގެތެރޭގައި މަޝްހޫރު ފިލްޕީތަރި ކަރީނާ ކަޕޫރު، ރިތިކް ރޯޝަން އަދި މަދޫރީ ހިމެނެއެވެ.
މީގެ އިތުރުން، އާމިރު ހާން، ސަލްމާން ހާން އަދި ސައިފް އަލީ ހާން ވެސް އެ ޕާޓީއަށް ދިޔައެވެ.